Roadha Mihaaru
ފިހާރަ ތެރޭގައި ކުއްޖަކާ ބެހުނު މައްސަލަ ބަލަނީ

ފިހާރަ ތެރޭގައި ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

02 ފެބުރުއަރީ 2020

ފިހާރައެއްގެ ސޭޓަކަށް އިން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި 60 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފިހާރައެއްގެ ސޭޓަކަށް އިން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި 60 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނ، ރ، ބ، ޅ. ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ، އެ ފިހާރައަށް ވަން މީހަކު، އެތަނުގައި ވަޒީފާ އަދާކުރާ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ މައްސަލަތައް ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންމަތިވެ އެވެ. ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މި ތުހުމަތާ އެކު ހުށަހަޅާ ގިނަ މައްސަލަތަކުގައި ނިޒާމްގެ ތެރެއިން އިންސާފު ގާއިމްވުން އިންތިހާ އަށް ލަހެވެ.

ނަތީޖާއަކީ ޖިންސީ ކުށްތަކަށް އަރައިގަންނަ މީހުން މިނިވަންވެފައި ތިބުމާ އެކު އިތުރު ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ލިބުމެވެ. އެއާއެކު ނިޒާމުގެ ތެރެއިން މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅޭކަން ފެންނަން އޮތުމަކީ މިފަދަ ކުށްތަކަށް އަރައިގަތުމަށް ދެވޭ އިތުރު ބާރަކަށް ވާކަން ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަތަކުގެ އަދަދުން އޮތީ ފެންނާށެވެ.