Roadha Mihaaru
ކެންސަރު ފަރުވާގައި ހުރަސްތައް އަދިވެސް ގިނަ: ޝިފާން

ކެންސަރުގެ ފަރުވާގައި ގިރާާކުރަން ޖެހޭ ހަރުފަތްތައް ގިނަ: ޑރ. ޝިފާން

04 ފެބުރުއަރީ 2020

ރާއްޖޭގައި ކެންސަރުގެ ފަރުވާގެ ދާއިރާއިން ކުރިއެރުންތައް ހޯދަމުން އަޔަސް، އަދިވެސް ގިރާކުރަން ޖެހޭ ހަރުފަތްތައް ގިނަ ކަމަށް، އައިޖީއެމްއެޗުގެ ކެންސަރާ ބެހޭ ޑިޕާޓްމަންޓްގެ އިސް ވެރިޔާ، ޑރ. މުހައްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކެންސަރުގެ ފަރުވާގެ ދާއިރާއިން ކުރިއެރުންތައް ހޯދަމުން އަޔަސް، އަދިވެސް ގިރާކުރަން ޖެހޭ ހަރުފަތްތައް ގިނަ ކަމަށް، އައިޖީއެމްއެޗުގެ ކެންސަރާ ބެހޭ ޑިޕާޓްމަންޓްގެ އިސް ވެރިޔާ، ޑރ. މުހައްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރު، ޝިފާން، ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކެންސަރު ހުރިތޯ ދެނެގަތުމުގެ ތަހުލީލުތަކާއި ކެންސަރަށް މިހާރު ރާއްޖޭގައި ލިބެން ހުރި ފަރުވާތަކަށް ބަލާއިރު، އުފާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އަދިވެސް ރަނގަޅު ކުރަން ހުރި ކަންކަން ގިނަކަން ބަޔާނުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ލިބިފައި ހުރި ވަސީލަތްތަކާ އެކު ކުރިއަށް ދިއުމުގައި އަދިވެސް ދަތިތަކެއް އެބަ ހުއްޓެވެ،" ޑރ. ޝިފާން ވިދާޅުވި އެވެ.

"ހިދުމަތް ފުޅާކޮށް އެންމެ ފުރިހަމަޔަށް ފަރުވާ ދިނުމަށްޓަކައި އަދިވެސް ގިރާކުރަން ޖެހޭ އެތަކެއް ހަރުފަތްތަކެއް އެބަ ހުއްޓެވެ."

ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު ނިސްބަތުން ވަރަށް ގިނަ އެވެ. އެއީ އާސަންދައިން ވެސް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭ އެއް ދާއިރާ އެވެ. ކުރީ ސަރުކާރުން ވެސް އަދި މިހާރުގެ ސަަރުކާރުން ވެސް ކެންސަރުގެ ފަރުވާއަށް ހާއްސަކޮށްގެން ބައެއް ކަަންކަން ފަށާފައިވެ އެވެ.

އިންޑިއާ ސަރުކާރާ ގުޅިގެން ހުޅުމާލޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އަޅަން މިހާރު ވަނީ ނިންމައިފަ އެވެ. އެއީ، ޝިފާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް އަންނާނެ ބޮޑު އިންގިލާބެކެވެ.

ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 600 އަށް ވުރެ މަތީގަ އެވެ. އެއީ ހުޅުމާލޭ ހޮސްޕިޓަލްގައި 2017 ގައި ހެދި ކެންސަރަށް ފަރުވާ ދޭ ހާއްސަ ސެންޓަރުގައި އޭރު ރަޖިސްޓްރީކުރި މީހުންގެ އަދަދެވެ.

ސަރުކާރުން ބުނާ ގޮތުގައި މިހާރު މަހަކު އެވްރެޖްކޮށް ކެންސަރު ބަލީގައި 53 މީހުން އައިޖީއެމްްއެޗުގައި ރަޖިސްޓްރީކުރެ އެވެ. މިއީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ރާއްޖޭގެ ނިސްބަތުން ވަރަށް މަތީ އަދަދެކެވެ.