ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ސިފައިން އަޅާ ހެދުން ނުވަތަ ޕްރޮޓެކްޓިވް ގިއާ، ދިވެހި ސިފައިންނަށް އިންޑިއާއިން ދިނުމަށް މަޝްވަރާކޮށްފި އެވެ.
08 ފެބުރުއަރީ 2020
ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ސިފައިން އަޅާ ހެދުން ނުވަތަ ޕްރޮޓެކްޓިވް ގިއާ، ދިވެހި ސިފައިންނަށް އިންޑިއާއިން ދިނުމަށް މަޝްވަރާކޮށްފި އެވެ.
ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު މިދިޔަ މަހު 31 ވަނަ ދުވަހު ރާއްޖެ އައުމުން އޭނާ ކަރަންޓީން ކުރަން ގެންދިޔައީ ސިފައިންނެވެ. އެ ދުވަހު ސިފައިން ތިބީ ވެސް، ނިވާވުމަށް ހާއްސަ ހެދުމެއް ލައި މާސްކް އަޅައިގެންނެވެ.
މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގާ ބައްދަލު ކުރައްވައި އެ މަޝްވަރާތައް ކުރައްވާފައިވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ސިފައިންގެ ރައްކާތެރިކަމާ މެދު ވާހަކަ ދައްކަވަމުންނެވެ.
މާރިޔާގެ މި ދަތުރުގައި ވަނީ އިންޑިޔާގެ އަސްކަރިއްޔާގެ މެޑިކަލް ކޯގެ އިސް ޖެނެރަލުންނާއި ޑޮކްޓަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ވައިރަހާ ގުޅިގެން ގާއިމު ކުރާ އައިސޮލޭޝަން ސެންޓަރުތައް ހިންގުމާ ބެހޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާތަކާ ގުޅޭގޮތުންނާއި ވައިރަހަށް ޝައްކު ކުރެވޭ މީހުން އިވެކުއޭޓް ކުރުމުގައި އުޅޭ ދިވެހި ސިފައިންނަށް، ޕްރޮޓެކްޓިވް ގިއާ ހޯދުމާ ގުޅޭގޮތުން އެ ބޭފުޅުންނާ ވެސް މަޝްވަރާ ކުރެއްވި އެވެ.
އެ ބައްދަލުވުންތަކަށް ފަހު އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ މިދިޔަ އަހަރަކީ ދިފާއީ އަދި އަސްކަރީ ރޮނގުން ދެ ގައުމަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި އަސްކަރީ ގުޅުން ވަރުގަދަކުރުމުގައި ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށެވެ.
އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި، "ސީޖީއެސް ކާމިޔާބު" ފަދަ އިތުރު އުޅަނދެއް ހޯދުމަށް ރާއްޖެއިން ޝައުގުވެރިވާކަން އިންޑިޔާ ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ""ޕޮޒިޓިވް ސިގްނަލެއް" ލިބިފައި ވެ އެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭން އެދޭ ކޮންމެ ކަމެއްގައި ވެސް އެއްބާރުލުން ދޭން އިންޑިއާއިން އޮންނަނީ ތައްޔާރަށް ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ގިނަ ދާއިރާތަކަކުން އިންޑިއާގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ހާލަތަށް ބަލައި ސިފައިން ނިންމާނީ ރަނގަޅަށް: އާދަމް
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި
އިންޑިއާ އިން ސިފައިންނަށް 24 ވެހިކަލް ހަދިޔާކޮށްފި
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
މިއީ އަސްކަރީ ތަނަކަށް ވާން ބޭނުމެއް ނޫން: ޔާމީން
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!