Roadha Mihaaru
އޮސްކާ: ދެކުނު ކޮރެޔާ އިން އޮސްކާ ފަތަހަކޮށްފި

އޮސްކާ 2020: ދެކުނު ކޮރެޔާ އިން އޮސްކާ ފަތަހަކޮށްފި

10 ފެބުރުއަރީ 2020

ދެކުނު ކޮރެޔާގެ "ޕެރަސައިޓް"، ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑް، އޮސްކާ ފަތަހަކޮށް، މިއަދު ތާރީޚު ބަދަލުކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެކުނު ކޮރެޔާގެ "ޕެރަސައިޓް"، ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑް، އޮސްކާ ފަތަހަކޮށް، މިއަދު ތާރީޚު ބަދަލުކޮށްލައިފި އެވެ.

އެންމެ މޮޅު ފިލްމު އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ކަހަލަ އެންމެ ވަރުގަދަ އެވޯޑްތައް "ޕެރަސައިޓް" ކާމިޔާބުކުރި އިރު، މިއީ އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ތައްޔާރުކުރި ފިލްމެއް، އޮސްކާގެ 92 އަހަރުގެ ތާރީޚުގައި، އެވޯޑް ނައިޓް ފަހަތަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ މޮޅު ފިލްމުގެ އެވޯޑް އިނގިރޭސި ބަހުން ހެދި ފިލްމަކަށް ނޫނީ ލިބިފައެއް ނުވެ އެވެ.

"އަޅުގަނޑު މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި. މިއީ ވެދާނެ ކަމަށް އަޅުގަނޑުމެން ހީކުރި ވެސް ކަމެއް ނޫން،" އެންމެ މޮޅު ފިލްމުގެ އެވޯޑާ ހަވާލުވުމަށް ފަހު ފިލްމުގެ ޕްރޮޑިއުސަރު ވަކް ސިން-އައި ބުންޏެވެ.

އޮސްކާގައި ހިމެނޭ ބޭރު ފިލްމުތަކުގެ ކެޓަގަރީއަށް ސައުތު ކޮރެޔާ އިން ނޮމިނޭޓްވި ފުރަތަމަ ފިލްމަކީ ވެސް ޕެރަސައިޓެވެ. އެކަމަކު މީގެ ކުރިން އިނގިރޭސި ބަސް ނޫން އެހެން ބަހަކުން އުފެއްދި ފިލްމަކަށް، އޮސްކާގެ އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިފައެއް ނުވެ އެވެ.

މިފަހަރުގެ އޮސްކާގައި އެ ފިލްމުން ވަނީ ހަތަރު އެވޯޑް ހޯދައިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އެޑިޓިން އަދި ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ ވެސް ހިމެނެ އެވެ. ޑައިރެކްޓަރުގެ އެވޯޑާއި ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ ލިބުނީ ބޮންގް ޖޫން ހޫ އަށެވެ.

ފަގީރު އަދި މުއްސަނދި ދެ އާއިލާއެއްގެ ވާހަކައިގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަށް ދުނިޔޭގެ ސަމާލުކަން ކުރިން ވެސް އޮތީ ލިބިފަ އެވެ. އެހެންކަމުން ހޮލީވުޑްގެ މިދިއަ އަހަރުގެ ބޮޑެތި ފިލްމުތައް ކަމަށް ވާ "1917" އާއި "ދި އައިރިޝްމެން" އާއި "ޖޯކާ" ކަހަލަ އުފެއްދުންތައް ފަހަތަށް ޖައްސާލާފާނެ ކަމަށް، ބައެއް މީހުން ތިބީ އުއްމީދުކޮށްގެންނެވެ.

ޕެރަސައިޓް ވަނީ އެކި އެވޯޑް ހަފުލާތަކުގައި ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ. އެކަމަކު އޮސްކާ އަކީ އެންމެ ޝަރަފުވެރި ކާމިޔާބީކަމާ މެދު ޝައްކެއް ނެތެވެ.

އޮސްކާގެ މުހިއްމު ވަނަތައް:

* މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ޖޯޖޯ ރެބިޓް

* މޮޅު ބަތަލު: ޖޯކީން ފީނިކްސް (ޖޯކާ)

* މޮޅު ސަޕޯޓިން ބަތަލު: ބްރެޑް ޕިޓް (ވަންސް އަޕޮން...)

* މޮޅު ބަތަލާ: ރެނީ ޒެލްވެގާ (ޖޫޑީ)

* މޮޅު ސަޕޯޓިން ބަތަލާ: ލައުރާ ޑާން (މެރިޖް ސްޓޯރީ)

* މޮޅު ވިޝުއަލް އިފެކްޓްސް: 1917

* މޮޅު އެޑިޓިން: ފޯޑް ވާސަސް ފެރާރީ

* މޮޅު ސްކޯ: ޖޯކާ

* މޮޅު ލަވަ: އައި އެމް ގޮނާ ލަވް މީ އެގެއިން (ރޮކެޓްމޭން)

* މޮޅު މޭކަޕާއި ހެއާ: ބޮމްބްޝެލް

* މޮޅު ސިނަމަޓޯގްރަފީ: 1917

* މޮޅު ސައުންޑް މިކްސިން: 1917

* މޮޅު ސައުންޑް އެޑިޓިން: ފޯޑް ވާސަސް ފެރާރީ

* މޮޅު ކޮސްޓިއުމް: ލިޓްލް ވިމެން

* މޮޅު ޑޮކިއިމަންޓަރީ ފީޗާ: އެމެރިކަން ފެކްޓްރީ

* މޮޅު ޑޮކިއުމަންޓަރީ ޝޯޓް: ލާނިން ޓް ސްކޭޓްބޯޑް އިން އަ ވޯ ޒޯން

* މޮޅު އެނިމޭޓެޑް ފީޗާ: ޓޯއި ސްޓޯރީ

* މޮޅު އެނިމޭޓެޑް ޝޯޓް: ހެއާ ލަވް