Roadha Mihaaru
ޕާކިސްތާނު މީހެއްގެ ސިއްރު ކައިވެނިން ލިބުނީ އަނިޔާއެއް

ޕާކިސްތާނު މީހަކު ސިއްރުން ތިން ވަނަ ކައިވެނިކުރަނިކޮށް ދޮށީ އަނބި މާރާމާރީ ހިންގައިފި

14 ފެބުރުއަރީ 2020

ފިރިމީހާ ސިއްރުން ތިން ވަނަ ކައިވެންޏެއްކުރަން އުޅެނިކޮށް، ހަފުލާ އޮތް ތަނަށް ޕާކިސްތާނުގެ އަންހެނަކު ވަދެ ޒުވާބުކޮށް މާރާމާރީ ހިންގައި، ފިރިމީހާ މީހާ ޒަހަމްކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިމީހާ ސިއްރުން ތިން ވަނަ ކައިވެންޏެއްކުރަން އުޅެނިކޮށް، ހަފުލާ އޮތް ތަނަށް ޕާކިސްތާނުގެ އަންހެނަކު ވަދެ ޒުވާބުކޮށް މާރާމާރީ ހިންގައި، ފިރިމީހާ މީހާ ޒަހަމްކޮށްލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރާޗީގެ އުތުރުގެ ނަޒީމްއާބާދުގައި ހިނގި މި ހާދިސާއާ ގުޅިގެން ފިރިހެން މީހާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައިވެ އެވެ. އަދި ހަފުލާ އަށް އޮތް ތަނަށް ގަދަކަމުން ވަދެ، ދޮށީ އަނބި މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރި އެވެ.

ފުލުހުން ބުނީ އެ ހާދިސާ އަކީ ދެމަފިރިންގެ ޒާތީ މައްސަލައެއް ކަމަށާއި މިކަމާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އެ މީހުންނަށް ނަސޭހަތްދީ ފޮނުވާލައި، މައްސަލަ ކޯޓްގައި ކުރިއަށް ގެންދަން ދެމަފިރިންނަށް ނަސޭހަތް ދީފައިވެ އެވެ.

މިކަމާ ގުޅިގެން ފިރިހެން މީހާ ބުނީ މާރާމާރީ ހިންގި އަންހެން މީހާ އަކީ އޭނާއާ މިހާރު އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށާއި އެ މީހުންގެ ކައިވެނި މީގެ ދުވަސްކޮޅެއް ކުރިން ރޫޅާލާފައިވާ ކަމަށެވެ. އެހެންވެ އަންހެން މީހާ މާރާމާރީ ހިންގި މައްސަލާގައި ދައުވާކުރާނެ ކަމަށް ބުންޏެވެ.

އަންހެން މީހާ ބުނީ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް ފިރިމީހާ 2018 ގައި ދެވަނަ ކައިވެންޏެއް ވެސް ކުރީ ސިއްރުން ކަމަށާއި އޭނާ އަށް ނޭނގި ކައިވެނިތައް ކުރަމުން ދިއުމަކީ ބޮޑު އޮޅުވައިލުމެއް ކަމަށެވެ.