Roadha Mihaaru
ވިދުޔަތުގެ ކައިވެނި ސްކައި ޑައިވިން ހަރަކާތަކަށް

ވިދުޔަތުގެ ކައިވެނީގެ ހަފުލާ ސްކައި ޑައިވިން ހަރަކާތެއްގެ ގޮތުގައި

11 އޮކްޓޯބަރ 2021

ކައިވެނީގެ ހަފުލާ ބާއްވަން ބޭނުން ވަނީ 100 މީހުންނާ އެކު ސްކައި ޑައިވިން ހަރަކާތަކާ އެކު ކަމަށް މިދިޔަ މަހު ލޯބިވެރިޔާ ނަންދިތާ މަހްތާނީއާ އެންގޭޖްވި ބޮލީވުޑްގެ އެކްޝަން ތަރި ވިދުޔަތު ޖަމްވަލް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެނީގެ ހަފުލާ ބާއްވަން ބޭނުން ވަނީ 100 މީހުންނާ އެކު ސްކައި ޑައިވިން ހަރަކާތަކާ އެކު ކަމަށް މިދިޔަ މަހު ލޯބިވެރިޔާ ނަންދިތާ މަހްތާނީއާ އެންގޭޖްވި ބޮލީވުޑްގެ އެކްޝަން ތަރި ވިދުޔަތު ޖަމްވަލް ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭ ބުނީ ވަރަށް އަވަހަށް ފެޝަން ޑިޒައިނަރާ ކައިވެނި ކުރާނެ ކަމަށެވެ. އެކަމަކު އަދި ވަކި ތާރީހެއް ނިނުންމާ ކަމަށް ބުންޏެވެ. "ކޮމާންޑޯ" ފްރެންޗައިޒްގެ ބަތަލު ބުނި ގޮތުގައި ކައިވެނީގެ ހަފުލާ އާދައިގެ ގޮތަކަށް ބޭއްވުމުގެ ވިސްނުމެއް ނެތެވެ. ބަދަލުގައި ބޭނުން ވަނީ ތަފާތު ކަމެއް ކުރުމުގެ ގޮތުން ސްކައި ޑައިވިން ހަރަކާތެއްގެ ގޮތުގައި ކައިވެނީގެ ހަފުލާ ބާއްވަން ކަމަށް ބުންޏެވެ.

ވިދުޔަތު ބުނޯ އޭނާ އާއި ނަންދިތާގެ ކައިވެނީގެ ހަފުލާ ބާއްވާނީ އެންމެ ގާތް 100 ވަރަކަށް މީހުން ބައިވެރި ކޮށްގެން ހުރިހާ އެންމެން އެ ދެ މީހުންނާ އެކު ސްކައިވް ޑައިވްކުރާ ގޮތަށެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ އެއް އެކްޝަން ހީރޯއިންގެ ތެރޭގައި ހިމެނޭ ވިދުޔަތު، 40، އަކީ އޭނާގެ ފިލްމުތަކުގައި އަބަދު ވެސް ވަރަށް ތަފާތު އަދި އެހާމެ ނުރައްކާތެރި ސްޓަންޓްތައް ހަދަން މަޝްހޫރު ތަރިއެކެވެ. އޭނާ އާއި ނަންދިތާގެ އެންގޭޖްމަންޓް ވެސް މިދިޔަ މަހުގެ 1 ގައި އިއުލާންކުރީ ސްޓަންޓެއް ހަދަނިކޮށް ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މިދިޔަ އަހަރުގެ ފިލްމު "ޚުދާ ހާފިޒު" ގެ ބަތަލުގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ މި މަހުގެ 15 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ އެކްޝަން-ތުރިލާ "ސަނަކް" އެވެ.