23 ފެބުރުއަރީ 2022
ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރަން ކުވެއިތު ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރަން ކުވެއިތު ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރަން މިދިޔަ ދެ އަހަރުގެ ބަޖެޓުގައި ހިމެނިޔަސް އެ މަސައްކަތް އަދިވެސް ނުފަށައި ލަސް ވަނީ ކީއްވެތޯ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްމުޣުނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ.
ނަސީމް ވިދާޅުވީ ތިނަދޫ ޓާޝަރީ ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑުން މިހާރު ލޯނު ހަމަޖެހިފައިވާ ކަމަށާއި އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އާ ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަން ދެވަނަ ކުއާޓާ ތެރޭގައި ޓެންޑާ ކުރާނަން،" ނަސީމް ވިދާޅުވި އެވެ.
ތިނަދޫ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމަން ދެ އަހަރު ނަގާނެ ކަމަށާއި އެހެންވެ މިހާރު ކުރަމުން އަންނަނީ އެ ރަށުގައި ހުންްނަ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށް ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ހޮސްޕިޓަލުގައި 14 ކޮޓަރީގެ އާ އޯޕީޑީ އޭރިއާއަކާއި ހަތަރު ޕްރައިވެޓް ރޫމާއި ދެ ލޭބާ ސުއިޓް އަދި އެންއައިސީޔޫއެއް ހެދުމުގެ މަސައްކަތް މިހާރު އެބަކުރެ އެވެ. އެ މަސައްކަތުގެ 95 ޕަސެންޓު ނިމިފައިވާ ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން 33.5 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ތިނަދު އަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެއްޖެ
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު
ލޯނު ދޭނެކަމުގެ ޔަގީންކަން އޮތީ ދީފައި: އަމީރު
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ކުވެއިތުފަންޑުގެ ހޮސްޕިޓަލްތައް ހަދައިދޭނެ ބަޔަކު ހޯދަނީ
ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި
ހެލްތުމިނިސްޓަރު ނަސީމަށް ރުހުން ދީފި
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
އަމީނަށް ވެސް މި ފަހަރު ސަލާމަތެއް ނުވެވުނު!