Roadha Mihaaru
އުރީދޫން އޮޕޯގެ އާ ފޯނުތައް ރާއްޖެއަށް ތައާރަފު ކޮށްފި

އުރީދޫން އޮޕޯގެ އާ ފޯނުތައް ރާއްޖެއަށް ތައާރަފު ކޮށްފި

27 ފެބުރުއަރީ 2020

ޗައިނާގެ މަޝްހޫރު އޮޕޯ ބްރޭންޑުގެ ސްމާޓް ފޯނުތައް ފުރަތަމަ ފަހަރަށް ރާއްޖެ އަށް އިއްޔެ ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޗައިނާގެ މަޝްހޫރު އޮޕޯ ބްރޭންޑުގެ ސްމާޓް ފޯނުތައް ފުރަތަމަ ފަހަރަށް ރާއްޖެ އަށް އިއްޔެ ތައާރަފުކޮށްފި އެވެ.

އުރީދޫން ތައާރަފު ކުރި ފޯނުތަކުގެ ތެރޭގައި އޮޕޯ ރެނޯ 2 އެފް، އޮޕޯ އޭ 1 ކޭ އަދި އޮޕޯ އޭ 5- 2020 ހިމެނެ އެވެ. މި ފޯނުތައް އުރީދޫން ލިބެން ހުންނާނީ ރާއްޖޭގެ މާކެޓަށް ބަލާއިރު އެންމެ ހެޔޮ އަގުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ވަނީ އެ ކުންފުނިން އޮޕޯ ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭންތަކެއް ތައާރަފު ކޮށްފަ އެވެ. އެގޮތުން އެ ކުންފުނިން ގަންނަ ކޮންމެ ރެނޯ 2 އެފްް ފޯނަކާއި އެކު ސޯޝަލް މީޑިއާ އަށް ހާއްސަ 2ޖީބީ ޑޭޓާ އާއި ޖޭބީއެލް ޓިއުން 115 ބީޓީގެ ވަޔަލެސް ހެޑްސެޓެއް ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ އޮޕޯ އޭ 1 ކޭ އަދި އޮޕޯ އޭ 5 2020 ފޯނަކާ އެކު ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އޮޕޯގެ ފޯނުތަކަށް ހާއްސަ ޕެކޭޖްތަކެއް އުރީދޫން ވަނީ ތައާރަފު ކޮށްފައި--

އޮޕޯގެ ފޯނުތަކަށް ހާއްސަ ޕެކޭޖްތަކެއް އުރީދޫން ވަނީ ތައާރަފު ކޮށްފައި--

މީގެ އިތުރުން އިންސްޓޯލްމަންޓަށް ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އުރީދޫން ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. ހަ މަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭގޮތަށް ހަދާފައިވާ މި ޕްލޭނުގައި ކޮންމެ މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333ރ. ދައްކަން ޖެހޭނެ އެވެ. ފުލް ޕޭމަންޓް ޕްލޭނާ އެއްގޮތަށް، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ކަސްޓަމަރުންނަށް ވެސް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާ އެކު ޖޭބީއެލް ޓިއުން 115ބީޓީ ގެ ވަޔާލެސް ހެޑްސެޓް ލިބޭނެ އެވެ.

އޮޕޯގެ މި ފޯނުތައް އުރީދޫގެ އީ- ކޮމާސް ޕްލެޓްފޯމް "މޫލީ" އިން މިހާރު އޯޑަރު ކުރެވޭނެ އެވެ.