ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް "ހޭވައްލާ"ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި އިއްޔެ ފަށައިފި އެވެ.
27 ފެބުރުއަރީ 2020
ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް "ހޭވައްލާ"ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި އިއްޔެ ފަށައިފި އެވެ.
ރ. އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މީގެ ހަ އަހަރު ކުރިން 2014 ގައި، ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދޭން ފެށި ދަސްވާރު ޕްރޮގްރާމް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެއޯ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެކަށީގެންވާ ގޮތަށް އެ ޕްރޮގްރާމް ހިންގާފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.
Vice President @FaisalNasym attends ceremony held to inaugurate ‘Heyvalla’ Program pic.twitter.com/uz9c0FKh3H
— The President's Office (@presidencymv) February 26, 2020
ރައީސް އޮފީހުން އިއްޔެ ކުރި ޓްވީޓެއް
ގްރޭޑް 10 ނިންމާ ކުދިންނަށް ހާއްސަ އާ ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ވިދާޅުވީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށެވެ. އަދި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ 20 ސްކޫލެއްގައި ފެށި ހޭވައްލާ ޕްރޮގްރާމުގައި 250 ދަރިވަރުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
މަސައްކަތްތެރި ޖީލެއް އުފެއްދުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، މި ކަމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ނައިބު ރައީސްއާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ. މިއީ ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ސިއްރު ކަމުގައި ވެސް ވިދާޅުވި އެވެ.
ސާނަވީ ތައުލީމު ނިންމުމަށް ފަހު މަތީ ސާނަވީ ތައުލީމު ފެށުމުގެ ކުރިން ދަރިވަރުންނަށް ލިބޭ ހަތަރު މަސް ދުވަހުގައި މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެކި ހުނަރުތައް ދަސްކޮށްދޭނެ އެވެ. އޭގެ ތެރޭގައި، ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުން ހިމެނެ އެވެ. މި ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ވަނީ ވަޑާން ކްލާހެއް ފަށައިފަ އެވެ. އަދި އެ ކްލާހުން ތައްޔާރުކޮށްފައިވާ ވަޑާން ފޮއްޓެއް އެ ސްކޫލުން ވަނީ ނައިބު ރައީސަށް ހަދިޔާކޮށްފަ އެވެ.
"ހޭވައްލާ" ޕްރޮގްރާމް އިފްތިތާހުކުރަން އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތާއި އެހެނިހެން ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ. އެ ކުދިންނަށް ދަސްކޮށްދޭނެ ހުނަރުތައް ކަނޑައަޅަނީ، އެ ކުއްޖެއް ދިރިއުޅޭ ސަރަހައްދަކުން ލިބޭ ވަސީލަތްތަކަށް ބެލުމަށް ފަހު ސްކޫލުންނެވެ.
ބޭނުމީ ހިޖުރަކުރި އާއިލާތައް ރަށަށް ދިއުން: މިނިސްޓަރު
"ރީތި އިމާރާތްތަކަކުން އެކަނި ތަރައްގީއެއް ނުގެނެވޭނެ"
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ވިލާގެ ކުދިންނަށް ރަނގަޅުގޮތެއް ވޭތޯ ސަރުކާރުން ބަލަނީ
އެއްދަންފަޅި އަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް!
އެންމެ ހުނަރުވެރި ކުދިންވާންވީ ޓީޗަރުންނަށް: މިނިސްޓަރު
ފޮތްތަކުގެ މައްސަލަ ހަފުތާއެއް ތެރޭގައި ބަލައި ނިންމަނީ
ނާސްތާ ޕްރޮގްރާމް ޖެނުއަރީގައި އަލުން ފަށަނީ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި