Roadha Mihaaru
ވިންޑޯޒްގެ ޑިޒައިނާއި ކުލަތައް ބަދަލުކޮށްލަނީ

އައިކަންތަކާ އެކު ވިންޑޯޒްގެ ޑިޒައިނާއި ކުލަތައް ބަދަލުކޮށްލަނީ

09 މެއި 2021

އިހުގެ ގޮތްގަނޑު ދުއްވާލައި ޒަމާނީ ކުލަވަރު ގެންނަން މައިކްރޮސޮފްޓް ވިންޑޯޒްގެ އާ އަޕްޑޭޓާ އެކު، ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިހުގެ ގޮތްގަނޑު ދުއްވާލައި ޒަމާނީ ކުލަވަރު ގެންނަން މައިކްރޮސޮފްޓް ވިންޑޯޒްގެ އާ އަޕްޑޭޓާ އެކު، ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ހިސާބުގައި ގެންނަ ބަދަލާ އެކު އެންމެ ބޮޑު ތަފާތަކަށް ވާނީ ވިންޑޯޒްގެ އައިކަންތަކަށް އަންނަ ބަދަލެވެ. އެގޮތުން ވިންޑޯސް 95 ޒަމާނުގެ އައިކަންތައް ދުއްވާލައި، އާ ޑިޒައިންތަކާ އެކު އައިކަންތައް މި ޒަމާނާ ގުޅޭ ގޮތަށް ގެނެސްދޭނެ އެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި ވިންޑޯސް 10 "ސަން ވެލީ" ގެ ދަށުން އަންނަ ބަދަލުތައް ވާނީ ވިންޑޯޒްގެ ޗާލުކަން އިތުރުކޮށް ބޭނުންކުރަން ވެސް ފަސޭކޮށްދޭނެ ހިތްގައިމު ބަދަލުތަކަކަށެވެ.

އެގޮތުން ފޯލްޑާ/ބަޓަންސް/އޮޕްޝަން ފަދަ އެއްޗެހި އާ ބަދަލުތައް ފެންނާނެ އެވެ.

"ހަމަމިއާ އެކު ޑެސްކްޓޮޕާއި ޑޮކިއުމަންޓްތަކާއި ޑައުންލޯޑް ފޯލްޑާ ފަދަ އެއްޗެހީފެ ޑިޒައިނަށް އަންނަ ބަދަލުތަކާ އެކު ޔަގީނުން ވެސް ކުރިއަށް ވުރެ ބޭނުންކުރަން ފަސޭހަވާނެ." މައިކްރޮސޮފްޓުން ބުންޏެވެ.