Roadha Mihaaru
ސެނިޓައިޒާގެ ޑިމާންޑް 255 ޕަސެންޓަށް މައްޗަށް

ސެނިޓައިޒާގެ ޑިމާންޑް 255 ޕަސެންޓަށް މައްޗަށް

05 މާޗް 2020

މުޅި ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި، ހޭންޑް ސެނިޓައިޒާގެ ޑިމާންޑް 255 ޕަސެންޓަށް އުފުލިފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅި ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި، ހޭންޑް ސެނިޓައިޒާގެ ޑިމާންޑް 255 ޕަސެންޓަށް އުފުލިފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ޑާޓާ އިންސައިޓާއި ކޮންސަލްޓިން ކުންފުނި ކަންޓާރުން ނެރުނު ރިޕޯޓްގައި ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮވިޑް-19 ގެ ސަބަބުން މިދިޔަ މަހުގެ 23 އާ ހަމައަށް އައިރު ސެނިޓައިޒާތަކުގެ ޑިމާންޑް 255 ޕަސެންޓަށް އުފުލި، އަތް ދޮންނަން ބޭނުންކުރާ އެހެން އެއްޗެހީގެ ޑިމާންޑް ވެސް 7 ޕަސަންޓަށް އުފުލިފައިވާ ކަމަށެވެ.

ރިޕޯޓްފައި ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ވީހާ ވެސް ގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ސަމާލުކަން ދޭން ސިއްހީ މާހިރުން އިރުޝާދުދެމުން އަންނާތީ ސެނިޓައިޒާ އާއި އަތް ދޮންނަން ބޭނުން ކުރާ އެކި ބާވަތްތަކުގެ ދިޔާ ސައިބޯނީގެ ޑިމާންޑް އުފުލެމުންދާތީ އެފަދަ އެއްޗެހި ވިއްކާ ތަންތަނުން މިހާރު ވަނީ އެކަށީގެންވާ ވަރަށް ސަޕްލައިނުކުރެވޭތީ ވިއްކުން ވެސް ލިމިޓްކޮށްފަ އެވެ.

"ނަމަވެސް މިކަމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން. ބަލިން ރައްކާތެރިވުމަށް ސެނިޓައިޒާގެ މުހިއްމުކަން ގިނަ ބަޔަކަށް އެނގޭ ވަރަކަށް އޭގެ ޑިމާންޑް އަދިވެސް ދާނީ ބޮޑުވަމުން." ރިޕޯޓްގައި ބުންޏެވެ.