ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އަސްލަކީ ކޮބައިކަމެއް އަދިވެސް ޔަގީނެއް ނޫނެވެ. މި ބަލި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވޫހާން ސިޓީން ފެނި، މުޅި އެ ގައުމު ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓައިލުމަށް ފަހު، މިހާރު ވަނީ މުޅި ދުނިޔެ އަށް ބިރަކަށް ވެފަ އެވެ.
15 މާޗް 2020
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އަސްލަކީ ކޮބައިކަމެއް އަދިވެސް ޔަގީނެއް ނޫނެވެ. މި ބަލި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވޫހާން ސިޓީން ފެނި، މުޅި އެ ގައުމު ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓައިލުމަށް ފަހު، މިހާރު ވަނީ މުޅި ދުނިޔެ އަށް ބިރަކަށް ވެފަ އެވެ.
މިހާރު މީޑިއާތަކުގައި އެނބުރޭ އެއް ވާހަކަ އަކީ ކޮރޯނާވައިރަހާ މި އަހަރު ދުނިޔެ ކުރިމަތިލާނެ ކަމަށް ލިޔުންތެރިއަކު މީގެ 12 އަހަރު ކުރިން ފޮތެއްގައި "އިޝާރާތްކޮށްފައިވާ" ކަމަށް ބުނާ ވާހަކަ އެވެ.
ކަންކަން ލަފާކުރަން މޮޅު މީހެއްގެ ގޮތުގައި ފާހަގަކުރެވުނު އެމެރިކާ ކުރީގެ ލިޔުންތެރިޔާ ސިލްވިއާ ބްރައުން 2008 ގައި ނެރުނު ފޮތް "އެންޑް އޮފް ޑޭޒް" ގައި އޭނާ ވަނީ ދުނިޔެ މިހާރު ތަޖުރިބާކުރަމުންދާ ބަލިމަޑުކަމާ ގުޅުން ހުރި ގޮތަކަށް ފޮތުގައި އިބާރާތްކޮޅެއް ލިޔެފަ އެވެ. އެ އިބާރާތުގެ ސްކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.
އޭގައި ސިލްވިއާ ލިޔެފައި ވަނީ ނިއުމޯނިއާ ކަހަލަ ބޮޑު ބައްޔެއް 2020 ވަނަ އަހަރު މުޅި ދުނިޔެ އަށް ފެތުރޭނެ ކަމަށާއި އޭގެ ސަބަބުން މީހުންގެ ފުއްޕާޕެމާ އާއި ދިފާއީ ނިޒާމުގެ ހަލާކުކޮށްލާނެ ކަމަށެވެ. އަދި މި ބަލި ވަރަށް ހަލުވިކޮށް ފެތުރުމަށް ފަހު، ހަމަ އެހާމެ އަވަހަށް ބަލި އެއްކޮށް މައިތިރިވެ އަނެއްކާވެސް 10 އަހަރު ފަހުން ބަލި ފެތުރި، ދުވަސްތަކެއް ފަހުން އެއްކޮށް ފިލައިދާނެ ކަމަށް ލިޔެފައިވެ އެވެ.
ސިލްވިއާގެ މި އިބާރާތުގައި ސީދާ ކޮރޯނާވައިރަސް އެ ލަފަޒު ގެނެސްފައި ނެތަސް، މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކޮންސްޕިރަސީތައް ހަދާ މީހުން ބުނެފައި ވަނީ އެ ވާހަކަތަކާއި ކޮވިޑް-19 ގެ ހާލަތާ ވަރަށް ގުޅޭ ކަމަށެވެ. ކޮވިޑް-19 ފެތުރެން ފެށުމާ އެކު ސިއްހީ ތަޖުރިބާކާރުން ބުނަމުން ގެންދަނީ މި ބަލީގެ ނުރައްކާ، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބޮޑެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނެ އެވެ.
A Dean Koontz novel written in 1981 predicted the outbreak of the coronavirus! pic.twitter.com/bjjqq6TzOl
— Nick Hinton (@NickHintonn) February 16, 2020
ސިލްވިއާގެ ފޮތުގައި އިޝާރާތްކޮށްފައިވާ ވާހަކައިގެ އިތުރަށް އެހެން ލިޔުންތެރިއަކާ ގުޅުވައިގެން ވެސް ކޮވިޑް-19 ގެ ވާހަކަ މިހާރު އަންނަނީ ދެކެވެމުންނެވެ. އެގޮތުން ލިޔުންތެރިޔާ ޑިއަން ކޫންޒް 1981 ގައި ނެރުނު ހިޔާލީ ވާހަކަ "ދި އައިޒް އޮފް ދަ ޑާކްނެސް" ގެ ސޮފުހާއެއްގެ އިބާރާތަކާއި ކޮރޯނާވައިރަހާ ވަނީ ގުޅުވައިފަ އެވެ. އެ އިބާރުތުގައި ޗައިނާގެ ނަމާއި "ވޫހާން-400" ކިޔާ ބައޮލޮޖިކަލް ހަތިޔާރެއްގެ ވާހަކަ އާއި ކޮންޓްރޯލް ނުވާ ބަލިމަޑުކަމެއްގެ ވާހަކަ އާއި އެ ބަލި ޖެހޭ އެއްވެސް މީހަކު ސަލާމަތް ނުވެ، މަރުވާ ވާހަކަ ސިފަކޮށް ދީފައިވެ އެވެ.
ނަމަވެސް ޑިއަންގެ މި ތިއަރީ އާއި ކޮވިޑް-19އާ ގުޅުވޭނެ ގޮތެއް ނެތް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ސަބަބަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ރަނގަޅުވާތީ އެވެ.
ކޮވިޑް-19 އާ ގުޅުވައިގެން ހަގީގަތެއް ނެތް އެތައް ވާހަކައެއް ވެސް އެބަ ދެކެވެ އެވެ. މިފަދަ ކޮންމެ ވާހަކައަކަށް ސަމާލުވާން ޖެހެ އެވެ. އަބަދުވެސް ގަބޫލުކުރަން ޖެހޭނީ ރަސްމީ އިދާރާތަކުން ދޭ މައުލޫމާތެވެ.
ބައެއް ކުދިން އަދިވެސް މާސްކް ނަގަން ބޭނުމެއް ނުވޭ!
ކޮވިޑް އިތުރުވާތީ ބައެއް ތަންތަނުން ފިޔަވަޅު އަޅައިފި
ގަދަކަމުން އެޅުވި މާސްކް ނެގިޔަސް ބަލައިގެން އުޅޭތި!
ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ
މާސްކް އަޅާތޯ ބަލާނެ ކަމަށް ފުލުހުން ބުނެފި
އެޕަލް ސައިޑަ ވިނިގާ: ފައިދާތައް ގިނަ ބޭނުންތެރި
ދަތް އުނގުޅާއިރު ހެދޭ ގޯސްތަކެއް
މާފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް، މާސްކެއް ނާޅާ
މާސްކުނާޅާތީ ދޮޅު މިލިއަން ރުފިޔާގެ ޖޫރިމަނާ
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟