12 މާޗް 2020
ފިލްމު "ހިންދީ މީޑިއަމް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، މިހާރު "އަނގްރޭޒީ މީޑިއަމް" ގެނެސްދޭން ތައްޔާރުވަމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަން "ޗައިނީޒް މީޑިއަމް" ވެސް ގެނެސްދޭނެ ކަމަށް ބުނެފި އެވެ.
ފިލްމު "ހިންދީ މީޑިއަމް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، މިހާރު "އަނގްރޭޒީ މީޑިއަމް" ގެނެސްދޭން ތައްޔާރުވަމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަން "ޗައިނީޒް މީޑިއަމް" ވެސް ގެނެސްދޭނެ ކަމަށް ބުނެފި އެވެ.
އޭނާ ބުނީ ތައުލީމީ ނިޒާމުގެ ތެރޭގައި ވަކި ބަހުރުވައަކަށް ބަރޯސާވެގެން ކިޔަވައިދޭތީ ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒްގެ ތިން ވަނަ ބައި ޗައިނާ ބަހަށް ހާއްސަކޮށްގެން ހަދަން ނިންމީ، އެ ގައުމަކީ މިހާރު އިންޑިއާގެ ފިލްމުތަކަށް ވެސް ވަރަށް ބޮޑު އޯޑިއަންސަށް އޮންނަ ތަނަކަށްވުމެވެ.
އަނެއްކޮޅުން، ޗައިނާ އަކީ ވަރަށް ގިނަ އަދަދަކަށް ބިދޭސީން ކިޔަވާ ގައުމަކަށްވާތީ، ޗައިނީޒް މީޑިއަމަށް ފިލްމެއް ހެދުން ވަރަށް މުހިއްމު ކަމަކަށް ވާނެ ކަމަށް ބުންޏެވެ.
"އަހަންނާ ދިމާވެފައި އެބަހުރި ޗައިނާ ޗައިނީޒް މީޑިއަމްގެ ތަޖުރިބާކުރެވިފައިވާ މީހުން. އެހެންވީމަ މިއީ ވަރަށް މުހިއްމު ކޮންސެޕްޓަކަށް ވާނެ،" މިދިޔަ އަހަރު "މޭޑް އިން ޗައިނާ" ގެ ނަމުގައި ފިލްމެއް ގެނެސްދިން ދިނޭޝް ބުންޏެވެ.
ދެހާސް ސަތާރައިގައި ރިލީޒްކުރި "ހިންދީ މީޑިއަމް" އާއި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "އަނގްރޭޒީ މީޑިއަމް" އަކީ އިރުފާން ޚާން މައިގަނޑު ކެރެކްޓާ ކުޅެފައިވާ ފިލްމުތަކެކެވެ. މި ފިލްމުތަކުގައި ކިޔައިދެނީ އޭނާގެ ދަރިފުޅަށް ސްކޫލުތަކުން ދިމާވާ ބަހުގެ މައްސަލަތަކެވެ.
ނަމަވެސް "ޗައިނީޒް މީޑިއަމް" ގައި ކާސްޓާއި އޭގެ އިތުރު ތަފުސީލުތަކާ ބެހޭ ގޮތުން ދިނޭޝް އަދި ވާހަކައެއް ނުދައްކަ އެވެ.
"ހިންދީ މީޑިއަމް" ސަކެތު ޗައުދަރީ ޑައިރެކްޓްކުރި އިރު، "އަނގްރޭޒީ މީޑިއަމް" ޑައިރެކްޓްކޮށްފައި ވަނީ ހޯމީ އަދަޖާނިއާ އެވެ.
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
ކޮވިޑް ޖެހިގެން ކަރީނާ ދަރިންނާ ވަކިން، ހިތް ހަލާކު
ކަރީނާގެ ދަރިފުޅު ތައިމޫރާ ވައްތަރު ކުއްޖެއް
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ސައިފްގެ ރާއްޖޭ ދަތުރުން ރީތި ދެ ފޮޓޯ
ސައިފްގެ އުފަން ދުވަސް ފާހަގަކުރާނީ ރާއްޖޭގައި
ކަރީނާގެ ފޮތުގެ ނަމުގެ މައްސަލަ ފުލުހުންނަށް
އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ހަނދާންކުރުމުގައި
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި
އިޒްރޭލުން ފަލަސްތީނަށް ހަދާ ގޮތް ރަނގަޅު: ކަންގަނާ