13 މާޗް 2020
ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމުތައް އަސްލު އެކްޓަރުންނާ އެކު ގެނެސްދޭން ހިފާފައިވާ ފޯރީގެ ތެރެއަށް އަނެއްކާ ވެސް އާ ފިލްމެއް އިތުރުވެއްޖެ އެވެ.
ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމުތައް އަސްލު އެކްޓަރުންނާ އެކު ގެނެސްދޭން ހިފާފައިވާ ފޯރީގެ ތެރެއަށް އަނެއްކާ ވެސް އާ ފިލްމެއް އިތުރުވެއްޖެ އެވެ.
އެ ސްޓޫޑިއޯ އިން އަލަށް އިއުލާންކުރި ލައިވް-އެކްޝަން ފިލްމަކީ 1953 ގައި ގެނެސްދިން ކާޓޫން "ޕީޓަ ޕޭން" އެވެ. "ޕީޓަ ޕޭން އެންޑް ވެންޑީ" ގެ ނަން ދީފައިވާ ފިލްމުގެ މައިގަނޑު ކެރެކްޓާތަކަށް މިހާރު ވަނީ އެކްޓަރުން ވެސް ހަމަޖައްސައިފަ އެވެ. ވެރައިޓީން ބުނި ގޮތުގައި ޕީޓަ ޕޭންގެ ރޯލް ކުޅޭނީ ސިޓްކޮމް "ދަ ރިލަކްޓަންޓް ލޭންޑްލޯޑް" ގައި ޗާލީގެ ކެރެކްޓާ ކުޅުނު އެލެގްޒެންޑާ މޮލަނީ އެވެ. އަދި ވެންޑީގެ ރޯލަށް ނަގާފައި ވަނީ އަލަށް ތައާރަފުކުރާ އިވާ އެންޑަސަނެވެ.
"ޕީޓަ ޕޭން އެންޑް ވެންޑީ" ޑައިރެކްޓްކުރަން ހަވާލުކޮށްފައި ވަނީ 2016 ގެ "ޕީޓްސް ޑްރެގަން" އާއި 2017 ގެ "އަ ގޯސްޓް ސްޓޯރީ" ގެ އިތުރުން 2018 ގެ "ދި އޯލްޑް މޭން އެންޑް ދަ ގަން" ގެ ޑައިރެކްޓަރު ޑޭވިޑް ލޮވެރީއާ އެވެ. އޭނާ މިހާރު އަންނަނީ މެއި މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ދަ ގްރީން ނައިޓް" ގެ މަސައްކަތްކުރަމުންނެވެ.
ވެރައިޓީން ބުނިގޮތުގައި "ޕީޓަ ޕޭން އެންޑް ވެންޑީ" ގެ ސްކްރީންޕްލޭ ލިޔަނީ ޑޭވިޑާއި ޓޮބީ ހޮލްބުރޫކެވެ.
ޑިޒްނީން ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައިި "ޕީޓަ ޕޭން" ގެނެސްދޭން ނިންމި އިރު، މީގެ ކުރިން އެހެން ސޓޫޑިއޯތަކުން ވެސް މީގެ ފީޗާ ފިލްމުތަކާއި ޓީވީ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި ސްޓީވެން ސްޕީލްބާގް 1991 ގައި ރޮބިން ވިލިއަމްސްއާ އެކު ގެނެސްދިން "ހުކް" އާއި ޖޯ ރައިޓް ގެނެސްދިން ލެވީ މިލާ ޕީޓާ ޕޭންގެ ރޯލް ކުޅުނު 2015 ގެ "ޕޭން" ފާހަގަކޮށްލެވެ އެވެ.
"ޕީޓަ ޕޭން އެންޑް ވެންޑީ" ގެ މަސައްކަތް ފަށާނެ އިރަކާއި ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ޑިޒްނީން ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ލައިވް-އެކްޝަން ފިލްމަކީ މި މަހުގެ 27 ގައި ސިނަމާތަކަށް ގެންނަ "މުލާން" އެވެ.
ދެ ކާޓޫނެއްގެ ލައިވް އެކްޝަން ފިލްމު ހަދަނީ
މި އަހަރު ދެ "ޕިނޯކިއޯ" އަންނާނެ
"ސްނޯ ވައިޓް" ހަދާތީ ޑިންކްލޭޖް ފާޑުކިޔައިފި
"ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން 2023 ގައި
ޑިޒްނީގެ "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" މާޗް 5 ގައި
"ލަޔަން ކިންގް" ގެ ޕްރިކްއަލްއެއް ހަދަނީ
"ޕީޓަ ޕޭން" ގެ ރޯލެއް ޖޫޑް ލޯ އަށް
"ހާކިއުލެސް" ގެ ލައިވް-އެކްޝަން ރުޒޯ ދެބެއިންނާ އެކު
ޑިޒްނީން "ރޮބިން ހުޑް" ވެސް އަލުން ހަދަނީ
"ބަމްބީ" ގެ ލައިވް-އެކްޝަން ފިލްމެއް