ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ހާލަތުން މިއީ އެ އިންޑަސްޓްރީއަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ފަހަރު ކަމަަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.
15 މާޗް 2020
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ހާލަތުން މިއީ އެ އިންޑަސްޓްރީއަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ފަހަރު ކަމަަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.
ޓޫރިޒަމް ދާއިރާ އަށް ބީއެމްއެމްއެލް އިން ލޯނު ދޫކުރަން ފަށަން ބީއެމްއެލްގެ އޮފީހުގައި ބޭއްވި އިވެންޓެއްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހާލަތާ ގުޅޭ ގޮތުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ މިއީ ޓޫރިޒަމް ދާއިރާ އަށް އެހީ ބޭނުންވާ ވަގުތެއް ކަމަށެވެ.
"ކޭޝްފްލޯ އަށް ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ބީއެލްއެލްއިން ވޯކިން ކެޕިޓަލަށް ހާއްސަކޮށް ލޯނު ދިނުމަކީ މި ވަގުތަށް މުހިއްމު ކަމެއް،" ނަޒީރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ކުރިމަތިވަމުންދާ ދަތިތަކުން އަރައިގަތުމަށް ދެ މިލިއަން ޑޮލަރާ ހަމައަށް ލޯނު ދިނުމަށް ބީއެމްއެލުން ވަނީ ނިންމައިފަ އެވެ. މި ލޯނަށް ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. މިއީ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ބީއެމްއެލުން ހަމަޖައްސާ ފައިނޭންސް ފެސިލިޓީއެކެވެ.
ޓޫރިޒަމްގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން މުޅި އިންޑަސްޓްރީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. އޭގެ ނޭދެވޭ އަސަރު މިހާރު ވެސް ބައެއް ރިސޯޓްތަކަށް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ހަތަރު ރިސޯޓަކުން 11 ބިދޭސީއަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ގިނަ ބުކިންތަކެއް ކެންސަލްވެފައިވާ އިރު ބުކިން ހަދާފައިވާ މީހުންނަށް ވެސް ގައުމުތަކުން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނަން ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.
ރާއްޖެއިން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތައް ކަމަށްވާ ޗައިނާ އާއި އިޓަލީ އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތައް ކަމުގައިވާ ޖަރުމަނާއި ފްރާންސް އާއި ސްޕެއިންގެ ވަކި ސަރަހައްދުތަކުން މީހުން އައުން ވެސް ރާއްޖެއިން ވަނީ މަނާކޮށްފަ އެވެ.
މި ހާލަތު ދިގުދެމިގެންދާ ނަމަ ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ރިސޯޓުތައް ބަންދުކުރަން ޖެހި، ރިސޯޓުތަކަށް މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށް ރިސޯޓުތަކުގެ އިސް ވެރިން ބުނެ އެވެ.
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް