Roadha Mihaaru
"ބިއުޓިފުލް އައިޒް" މި ފަހަރު އޮންލައިންކޮށް

"ބިއުޓިފުލް އައިޒް" މި ފަހަރު އޮންލައިންކޮށް

21 މާޗް 2020

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ގޭގައި މަޑުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ، މި އަހަރުގެ ޑައުންސިންޑްރޯމް ދުވަހުގެ ހަރަކާތް ޓެލެކޮންފަރެންސެއްގެ ޒަރީއާ އިން ކުރިއަށް ގެންދަން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް (ބީއީޑީއެސް) އިން ނިންމައިފި އެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަކީ މިއަދެވެ.

ބިއުޓިފުލް އައިޒްގެ ޗެއާޕާސަން އާއިޝަތު ޝިފާ ވިދާޅުވީ، ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނި، ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައި ވާތީ، މި ފަހަރު އޮންނާނީ ޓެލެކޮންފަރެންސް މެދުވެރިކޮށް ބާއްވާ ޕެނަލް ޑިސްކަޝަނެއް ކަމަށެވެ.

ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންނާއި ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތަޖުރިބާކާރުން އަދި ބިއުޓިފުލް އައިޒްގެ ބޭފުޅުން ބައިވެރިވަޑައިގަންނަވާ އެ ޕެނަލް ޑިސްކަޝަން އޮންނާނީ މިރޭ 8:00 ން 9:30 އަށެވެ.

މި ޑިސްކަޝަންގައި މައުލޫމާތު ދެއްވާ އެއް ބޭފުޅަކީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފެވެ.

ޑިސްކަޝަނަށް ސުވާލު ފޮނުވުމުގެ ފުރުސަތު ރެއިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. ސުވާލުތައް ފޮނުވޭނީ ބިއުޓިފުލް އައިސްގެ ފޭސްބުކް މެދުވެރިކޮށެވެ.

"މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކާ ބައިތަކުގެ ތެރޭގައި ހިމެނޭނެ މާބަނޑު ދުވަސްވަރު ޑައުން ސިންޑްރޯމަށް ޗެކް ކުރާނެ ގޮތާއި ޑައުންސިންޑްރޯމް ހުންނަ ކުއްޖެއް އަލަށް ލިބޭ ބެލެނިވެރިން އަމަލު ކުރާނެ ގޮތް ވެސް. އަދި ޑައުން ސިންޑްރޯމްގެ ކުދިންނަށް ކިޔަވައިދޭނެ ގޮތް ވެސް ޑިސްކަޝަންގައި ކިޔައި ދޭނެ. އަދި އެ ފަދަ ކުދިން ގެންގުޅޭނެ ގޮތުގެ މައުލޫމާތު ވެސް ދޭނެ،" ޝިފާ ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ބަޔަކު މި ޑިސްކަޝަން ބެލުމަކީ އަޅުގަނޑުމެންގެ އެދުމެއް. މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރަން."

ދުނިޔޭގެ މިދިޔަ އަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަން ބިއުޓިފުލް އައިޒް ޖަމިއްޔާ އިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: ބިއުޓިފުކް އައިޒް

ދުނިޔޭގެ މިދިޔަ އަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަން ބިއުޓިފުލް އައިޒް ޖަމިއްޔާ އިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: ބިއުޓިފުކް އައިޒް

ޝިފާ ވިދާޅުވި ގޮތުގައި، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރުމަށް މި އަހަރު ވެސް ޓީޝާޓް ވިއްކުމާއި ދެ ވައްތަރުގެ ސްޓާކީން ބޭނުން ކުރުމަށް ވެސް ބިއުޓިފުލް އައިޒް އޮތީ ތައްޔާރަށެވެ. އެކަމަކު، ރާއްޖޭގެ މިހާރުގެ ހާލަރު އޮތީ ފަންޑްރައިޒިންގެ ހަރަކާތެއް ކުރިއަށް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، ފަންޑްރައިޒިންގެ ބޮޑު ހަރަކާތެއް ނުބޭއްވިޔަސް ކޮންޓްރިބިއުޓް ކޮށްދޭން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ،" ޝިފާ ވިދާޅުވި އެވެ.

ދުނިޔޭގެ މިދިޔަ އަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަން ބިއުޓިފުލް އައިޒް ޖަމިއްޔާ އިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: ބިއުޓިފުކް އައިޒް

ދުނިޔޭގެ މިދިޔަ އަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަން ބިއުޓިފުލް އައިޒް ޖަމިއްޔާ އިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: ބިއުޓިފުކް އައިޒް

ބިއުޓިފުލް އައިޒްގައި ޑައުން ސިންޑްރޯމް ހުންނަ ގާތްގަނޑަކަށް 60 ކުދިން ރަޖިސްޓަރީ ކޮށްފައި ވެ އެވެ. ނަމަވެސް އެ ޖަމިއްޔާ އިން ލަފާކުރާ ގޮތުގައި އެ އަދަދު 1،000 ގާތްކުރާނެ އެވެ. ސަބަބަކީ ޖަމިއްޔާގައި ރަޖިސްޓަރީ ނުކޮށް ވެސް ބައިވަރު ކުދިން އުޅޭނެތީ އެވެ.

ރާއްޖޭގައި ޑައުންސިންޑްރޯމް ހުންނަ މީހުންނާއި ކުދިންނަށް އަޅައިލުމަށް ކުރިއަށް ވުރެ ބޮޑަށް އާންމުން ވަނީ ހޭލުންތެރިވެފަ އެވެ.