Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ފެލައިނީއަށް ޖެހުނު ކަމަށް ބެލެވެނީ ރާއްޖޭން ދިޔަފަހުން

ފެލައިނީ އަށް ކޮވިޑް ޖެހުނު ކަމަށް ލަފާކުރެވެނީ ރާއްޖޭން ދިޔަ ފަހުން

22 މާޗް 2020

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

އެކަމަކު ސަރުކާރުން މިއަދު ބުނި ގޮތުގައި ލަފާކުރެވޭ ގޮތުގައި އޭނާ ގަޔަށް އެ ބަލި އެރީ ރާއްޖޭގެ ރީތިރަށް ރިޒޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ ފަހުން ޗައިނާ އިން ކަމަށެވެ. އެހެންވިޔަސް، ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތް ފަށައި އަދި ކްލޯސް ކޮންޓެކްޓެއްގެ ގޮތަށް އައިޑެންޓިފައި ކުރެވުނު މީހަކު މިހާރު ވެސް ވަނީ އެކަހެރިކޮށްފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ޗައިނާގެ ޝަންޑޮން ލުނެން އަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު މި ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހުކުރު ދުވަހު (މާޗް 20) ކަމަށެވެ. މަބްރޫކް ވިދާޅުވީ އެ ތާރީހަށް ބަލައި އަދި 14 ދުވަހުގެ މުއްދަތު ބަލާއިރު އޭނާ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ އެންމެ އަވަސް ތާރީހަކީ މި މަހުގެ 6 ވަނަ ދުވަސް ކަމަށެވެ.

އެހެންވެ އެ މުއްދަތު، އޭނާ ރާއްޖޭގައި ހުރި ދުވަސްތަކުގެ ތެރޭގައި ހިމެނޭތީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި، އަދި ކްލޯސް ކޮންޓެކްޓްވި މީހާ އެކަހެރިކުރީ އެވެ.

ފެލައިނީ ކުޅޭ ޝަންޑޮން ލުނެން އަކީ ޗައިނާގެ އުތުރުގެ ޝަންޑޮން ޕްރޮވިންސްގެ ޖިނާން އަށް ނިސްބަތްވާ ކްލަބެވެ. ޗައިނާ އަކީ މި ބަލި މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެނުނު އަދި މި ބަލި އެންމެ ބޮޑަށް ފެތުރުނު ގައުމެވެ. އެކަމަކު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފަ އެވެ. މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގައި، ހާއްސަކޮށް އިޓަލީގަ އެވެ.

ޕްރިމިއާ ލީގުގެ އެވަޓަން އިން ވިދާލި ފެލައިނީ މިދިޔަ އަހަރު ޝަންޑޮން އަށް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑަށް ހަ އަހަރު ކުޅުމަށް ފަހު އެވެ. ފެލައިނީ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް 2007-2018 އަށް 87 މެޗު ކުޅެދީފަ އެވެ.