ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު މިހާރު އޮތީ މަޑުޖެހިފައި ކަމަށާއި މިއީ އިގްތިސާދީ ގޮތުން ދުނިޔެ އަށް އަންނާނެ އެންމެ ބޮޑު ކާރިސާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ. ދުނިޔޭގެ އެންމެ ބޮޑު މާލީ އެއް އިދާރާ އިން ބުނެފައި ވަނީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވުމުގެ އަލާމާތްތައް ދެން ފެންނާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ.
24 މާޗް 2020
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު މިހާރު އޮތީ މަޑުޖެހިފައި ކަމަށާއި މިއީ އިގްތިސާދީ ގޮތުން ދުނިޔެ އަށް އަންނާނެ އެންމެ ބޮޑު ކާރިސާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ. ދުނިޔޭގެ އެންމެ ބޮޑު މާލީ އެއް އިދާރާ އިން ބުނެފައި ވަނީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވުމުގެ އަލާމާތްތައް ދެން ފެންނާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ.
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓެލީނާ ޖޯޖީވާ ވިދާޅުވީ، ގައުމުތަކުގެ ސިއްހީ ކަންކަން ރަނގަޅުކޮށް، ކޮވިޑް-19 ގެ ހާލަތާ ކުރިމަތިލުމަށްޓަކައި ވަރަށް ގިނަ ފައިސާ މި ވަގުތު ބޭނުންވާ ކަމަށެވެ. އަދި މި ކަންކަން ކުރުމަށްޓަކައި ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
މިކަންކަމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު "20 އިގްތިސާދު"ގެ ފައިނޭންސް މިނިސްޓަރުންނާއި ސެންޓްރަލް ބޭންކްތަކުގެ ވެރިންނާ އައިއެމްއެފުން ވަނީ މަޝްވަރާކޮށް، ހާލަތުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ބަލައިފަ އެވެ.
"ކޮރޯނާވައިރަހުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ކުރާނެ އަސަރު ދެނެގަންނަން ވެސް ދަތި. މި ހާލަތުގައި އިގްތިސާދަށް ކުރިމަތިވާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ގައުމުތަކުން އެކުގައި މަސައްކަތް ކުރުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ވެސް ތިން ލައްކަ އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިރު 16،000 ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. މި ބައްޔާ ގުޅިގެން ގިނަ ގައުމުތަކަކުން ބޯޑަރު ބަންދުކުރުމާ އެކު، ވިޔަފާރިތައް ވަނީ ހުއްޓިފަ އެވެ. ބައެއް ގައުމުތަކުން ދަތުރުފަތުރު މެދުކަނޑާލި އިރު، އޭގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތްތައް ނުހިމެނޭ ގޮތަށް ވެސް ބޯޑަރުތައް ވަނީ ބަންދުކޮށްފަ އެވެ.
ޖޯޖީވާ ވިދާޅުވީ، ދުނިޔޭގެ އިގްތިސާދު ދަށަށްދާ އިރު މި ރިސެޝަންގެ ހާލަތު 2008 ވަނަ އަހަރު ކުރިމަތިވި "ދަ ގްރޭޓް ރެސިޝަން" އަށް ވުރެ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭރު އެމެރިކާ ބޮޑެތި އިންވެސްޓްމެންޓް ބޭންކްތައް ކަމަށްވާ ލޭމަން ބްރަދާސް އާއި މެރީލް ލިންޗް ފަދަ ކުންފުނިތައް ބަނގުރޫޓުވި އިރު ދުނިޔޭގެ އެކި ގައުމުތަކުގެ 400 އަށް ވުރެ ގިނަ ބޭންކް ބަނގުރޫޓުވި އެވެ. މިކަމުގެ އަސަރު ރާއްޖެ އަށް ވެސް ވަނީ ބޮޑަށް ކޮށްފަ އެވެ. އެގޮތުން ޑޮލަރުގެ ތާށިކަން ބޮޑުވެ، ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް އުފުލުނެވެ.
އިގްތިސާދުތަކަށް ކުރިމަތިވާ މި ހާލަތު ރަނގަޅުވާން ފަށާނީ 2021 ވަނަ އަހަރުގެ ތެރޭގައި ކަމަށް އައިއެމްއެފުން ލަފާކުރެ އެވެ. އެހެން ނަމަވެސް ހާލަތުން އަވަހަށް އަރައިގަތުމަށްޓަކައި ގައުމުތަކުން ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް އައިއެމްއެފުން ބުނެ އެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ސިއްހީ ދާއިރާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް ހިމެނެ އެވެ.
"އިގްތިސާދަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ. އެކަމަކު ވައިރަސް ފެތުރުން ހުއްޓުމާ އެކު މިކަމުން އަރައިގަތުން އަވަސްވާނެ ކަމަށް ބެލެވޭ،" ޖޯޖީވާ ވިދާޅުވި އެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި ގިނަ ގައުމުތަކަކުން އަންނަނީ އައިއެމްއެފްގެ އެހީ އަށް އެދެމުންނެވެ. ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވެފައިވާ މި ކާރިސާއިން އަރައިގަންނަން އެންމެ އުނދަގޫ ވާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. އެގޮތުން ހާލަތު ގޯސްވެފައިވާ އިގްތިސާދުތަކުން ގާތްގަނޑަކަށް 83 ބިލިއަން ޑޮލަރު އިންވެސްޓު ކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އައިއެމްއެފްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކަށް ހައްލެއް ހޯދުމުގައި މި ދަނޑިވަޅުގައި ކުރިމަތިވާނެ ގޮންޖެހުންތަކެވެ. އެކަންކަމަށް ހައްލުތަކެއް ހޯދައިދިނުމަށްޓަކައި އެފަދަ ގައުމުތަކާ އެކު އައިއެމްއެފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަގީރު ގައުމުތަކަށް އެހީތެރިވުމަށްޓަކައި ހަދާފައިވާ "ކެޓާސްޓްރޮފީ ކޮންޓެއިންމެންޓް އެންޑް ރިލީފް ޓްރަސްޓް" މެދުވެރިކޮށް އެންމެ ބޮޑަށް އެހީ ބޭނުންވާ ގައުމުތަކަށް އެހީވުމަށް އައިއެމްއެފްގެ މެންބަރުންނަށް އެ އިދާރާއިން ވަނީ ގޮވާލައްވައިފަ އެވެ.
"ދުނިޔޭގެ އިގްތިސާދަށް އޮތީ ބަނަކަމާއި ނުތަނަވަސްކަން"
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު
ދުނިޔޭގެ އިގްތިސާދު: ދުވެލި ދަށްވިޔަސް ސަލާމަތްވާނެ