ރޯމް (މާޗް 31) - ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުން ދިޔަ އިޓަލީ އާއި ސްޕޭނުން ޕޮޒިޓިވްވެގެން ރިޕޯޓްކުރާ މީހުންގެ އަދަދު ދަށަށްދާން ފަށައިފި އެވެ.
31 މާޗް 2020
ރޯމް (މާޗް 31) - ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުން ދިޔަ އިޓަލީ އާއި ސްޕޭނުން ޕޮޒިޓިވްވެގެން ރިޕޯޓްކުރާ މީހުންގެ އަދަދު ދަށަށްދާން ފަށައިފި އެވެ.
އިޓަލީން ޕޮޒިޓިވްވި މީހުން ލައްކައަކަށް އެރި ނަމަވެސް އިއްޔެ އަލަށް ރިޕޯޓްކޮށްފައި ވަނީ 4،050 ކޭސް އެވެ. މިއީ މާޗް 17 ވަނަ ދުވަހުގެ ފަހުން އެންމެ މަދުން ރިޕޯޓްކުރި ދުވަހެވެ. އާދިއްތަ ދުވަހު 5،217 މީހުން ރިޕޯޓްކުރި އިރު ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައި ވަނީ 5،974 އެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު ހޯމަ ދުވަހު ވަނީ 812 އަށް އަރައިފަ އެވެ. އޭގެ ކުރީ ދުވަހު މަރުވެފައި ވަނީ 756 މީހުންނެވެ.
އިޓަލީގެ ޑޮކްޓަރުންގެ އެސޯސިއޭޝަނުން ވަނީ އިތުރު 11 ޑޮކްޓަރުން މަރުވި ކަމަށް ހޯމަ ދުވަހު ބުނެފަ އެވެ. އިޓަލީން މިހާތަނަށް ވަނީ 61 ޑޮކްޓަރުން މަރުވެފަ އެވެ.
އިޓަލީ ލޮކްޑައުންކުރި މުއްދަތު ހުކުރު ދުވަހު ހަމަވާން ކައިރިވެފައިވާ އިރު މިހާރު ވަނީ އެޕްރީލް 12އާ ހަމައަށް އެ މުއްދަތު އިތުރުކޮށްފަ އެވެ.
ސްޕޭނުގެ ބާސެލޯނާގެ ސިޓީ ހޯލް ވަގުތީ ހޮސްޕިޓަލަކަށް ބަދަލުކޮށްފައި. --ފޮޓޯ:އޭއެފްޕީ
އިޓަލީ އަށް ފަހު ޔޫރަޕުގައި އެންމެ ހުލުއިކޮށް ކޮރޯނާވައިރަސް ފެތުރޭ ސްޕޭނުގެ ޚާރިޖީ ވަޒީރު އަރަންޗާ ގޮންޒާލޭޒް ވިދާޅުވީ ހިސާބުތަކުން ދައްކާ ގޮތުގައި ކާވް މައްޗަށް ގޮސް، ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު މަދުވާން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްޕޭން މިހާރު ޕީކަށް އަރާފައިވާ ކަމަށެވެ. ސްޕޭނުން ހޯމަ ދުވަހު ޕޮޒިޓިވްވެފައި ވަނީ 6،400 މީހުންނެވެ. މިއީ ޕޮޒިޓިވްވެގެން ހަފުތާއެއްގެ ތެރޭ އެންމެ މަދުން ރިޕޯޓްކުރި ދުވަހެވެ.
ސްޕޭނުން އާ ކޭސްތައް ރިޕޯޓްކުރާ ރޭޓް މިހާރު އުޅެނީ 12 ޕަސެންޓުގަ އެވެ. އެކަމަކު މާޗް 25 ކުރިން އުޅުނީ 20 ޕަސެންޓުގަ އެވެ.
ސްޕޭން ވެސް ވަނީ މާޗް 14 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންކޮށްފަ އެވެ. ލޮކްޑައުން މުއްދަތު މިހާރު ވަނީ އެޕްރީލް 9 އަށް އިތުރުކޮށްފަ އެވެ.
އިޓަލީން މިހާތަނަށް 101،739 މީހުން ޕޮޒިޓިވްވިއިރު 11،591 މީހުން ވަނީ މަރުވެފަ އެވެ. ސްޕޭނުން 87،956 މީހުން ޕޮޒިޓިވްވިއިރު 7،716 މީހުން ވަނީ މަރުވެފަ އެވެ.
ދެކުނު ޔޫރަޕަށް އާދަޔާ ޚިލާފު ހޫނު ދުވަސްވަރެއް
މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު
ކޮވިޑް-19:ޕޮޒިޓިވްވި މީހުން 13 ދުވަހުން މިލިއަނެއް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 100000 އަށް
ޕޮޒިޓިވްވި މީހުން މިލިއަނަކަށް، ބައިލައްކަ މީހުން މަރު
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 30،000 އަށް
ކޮވިޑް-19: ޕޮޒިޓިވްވި މީހުން 600،000 އަށް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 20،000 އަށް
ކޮވިޑް-19: ޔޫރަޕުގެ ހާލަތު އިތުރަށް ގޯސް ވަނީ
ދެ ދުވަސްތެރޭ އެއް ލައްކަ މީހުން ޕޮޒިޓިވްވެއްޖެ