Roadha Mihaaru
މޫސުމީ ބަދަލުތަކާއެކު ބަލިތަކުންވެސް ސަލާމަތްވާން ޖެހޭ

މޫސުމީ ބަދަލުތަކުން ސަލާމަތްވާއިރު ބަލިމަޑުކަމަށް ވެސް ރިއާޔަތް ކުރަން ޖެހޭ: ރައީސް

22 އެޕްރީލް 2020

މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރާއިރު، ކޮވިޑް-19 ފަދަ ބަލިމަޑުކަމުން ސަލާމަތްވެ ތިބުމަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރާއިރު، ކޮވިޑް-19 ފަދަ ބަލިމަޑުކަމުން ސަލާމަތްވެ ތިބުމަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި އެވެ.

މިއަދު ފާހަގަ "އާތު ޑޭ" އާ ގުޅިގެން ރަައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަނީ ދުވަހަކު ވެސް ބޮޑުނުވާ ވަރަށް އިތުރުވެފައި ކަމަަށެވެ.

"މޫސުމީ ބަދަލާއި ކޮވިޑް-19 ގެ ވަބާ އެކުވުމުން، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ވަނީ ނުރައްކާ ބޮޑުވެފައިި. މިފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މަސައްކަތް ކުރާއިރު މޫސުމީ ބަދަލާއި ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ،" ރައީސްގެ ޓްވީޓްގައި ވެ އެވެ.

ދުނިޔޭގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓް--

"އާތު ޑޭ" އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން މަސައްކަތް ކުރުމަށް ކޮންމެ އަހަރެއްގެ އޭޕްރީލް 22 ގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. އެ ދުވަސް ފާހަގަކުރަން ފެށީ 1970 އިން ފެށިގެންނެވެ.

ނާޒުކު ތިމާވެއްޓެއް ލިބިފައިވާ މި ރާއްޖޭގައި ވެސް މިދުވަސް މީގެ ކުރިން ކުލަ ގަދަކޮށް ފާހަގަކުރެ އެވެ. ނަމަވެސް ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެން ފެށުމުން މިުދުވަސް މިއަހަރު ފާހަގަ ކުރަނީ ވަރަށް ކުޑަކޮށެވެ.

ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 86 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިދިޔަ ހަފުތާ ބުދަ ދުވަހު އެ ބައްޔަށް މާލޭން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވި ފަހުން ބަލިޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް މާލެ އިން ވަނީ ކޮވިޑް-19 އަށް 66 މީހަކު ޕޮޒިޓިވްވެ، ސީރިއަސް ހާލަތަަކަށް ގައުމު ވެއްޓިފަ އެވެ.