04 މެއި 2020
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކް ކުރުމަކީ އެ އިދާރާ އަށް އަމާޒުކޮށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކް ކުރުމަކީ އެ އިދާރާ އަށް އަމާޒުކޮށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާ މި ނުރައްކާތެރި ވަގުތު އެ ބައްޔާ ގުޅޭ އެންމެ މުހިންމު މައުލޫމާތު ގެނެސްދޭ އެއް ވެބްސައިޓް އިއްޔެ ހެކްކޮށް، އޭގައި ސަރުކާރަށް އިންޒާރުގެ މެސެޖެއް ބަޔަކު ލިޔުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ، އެ އަމަލަކީ ކޮވިޑް-19 އިން ގައުމު ސަލާމަތް ކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސިއްހީ އޮފިޝަލުންނަށް އަމާޒުކޮށް ހިންގި ނާތަހުޒީބު ކަމެއް ކަމަށެވެ.
"މިފަދަ ކަންކަމުން ދުރުވުމަށް ގޮވާލަން،" ދެން އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް، އިންޒާރުގެ ވީޑިއޯއެއް ވެސް ޕޯސްޓް ކުރި އެވެ. ޔޫޓިއުބަށް ވެސް ޕޯސްޓް ކޮށްފައިވާ އެ ވީޑިއޯގައި އެ ކަން ކުރި މީހުންނަކީ ވެބްސައިޓްތައް ހެކްކުރުމާއި ސިއްރުތައް ހާމަކުރުމުގައި މަޝްހޫރު "އެނޮނިމަސް" ކަމަށެވެ.
އިންޒާރުގެ މެސެޖުގައި ވަނީ ކޮވިޑް-19 ފެތުރިފައިވާ މި ހާލަތުގައި ސަރުކާރުން "ކުޅެނީ ޕޮލިޓިކްސް" ކަމަށެވެ. އަދި ދިވެހި ސަރުކާރަށް އިންޑިއާ އިން ނުފޫޒު ފޯރުވާ ކަމަށް ބުނެ ރިޝްވަތުގެ ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ.
މީގެ އިތުރުން އެ މެސެޖުގައި އެހެން ވާހަކަތައް ވެސް ހުއްޓެވެ. އޭގެ ތެރޭގައި ކުރިމަތިވެފައިވާ މި ހާލަތުގައި ގައުމުގެ 99 ޕަސެންޓް އާމްދަނީ އަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި އެ މީހުން ތިބީ ދިރިއުޅޭ ތަންތަނުގެ ކުލި ވެސް ނުދެއްކިފައި ކަމަށް، އިނގިރޭސި ބަހުން އޮތް އަޑު އަޅައި، އެނަނިމަސްގެ ލޯގޯ ފެންނަ ގޮތަށް ހަދާފައިވާ ވީޑިއޯގައި ބުނެ އެވެ. އަދި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުގައި ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް ސަރުކާރުގެ އެހީތެރިކަން ނުލިބޭ ކަމަށް ވެސް މެސެޖުގައި އެވެ. އަދި އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ދޭންޖެހޭނެ ކަމަށެވެ. މި ކަންކަން އިސްލާހު ނުކުރާ ނަމަ ސިއްރުތައް ހާމަކުރާނެ ކަމުގެ އިންޒާރު ދީފައި ވެ އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް އިއްޔެ ވިދާޅުވީ، އެޗްޕީއޭގެ ވެބްސައިޓް ހެކްކުރި މައްސަލަ ތަހުގީގީ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
މަލީހް ވެސް ވިދާޅުވީ، އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު، ފިނޑި އަމަލެއް ކަމަށެވެ.
ކޮވިޑު މެނޭޖުކުރުމުގައި ސަރުކާރު ފެއިލްވެއްޖެ: ކޯލިޝަން
މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
މުޒާހަރާކޮށް ސިއްހީ ރައްކާތެރިކަން ނަގާނުލަން ގޮވާލައިފި
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
ނަރުދޫގެ ހާލަތު ގޯސް، ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ
އެމްޑީޕީން އުޅެނީ ކޮވިޑަކީ ސީރިއަސްނޫން ކަމަކަށް ހަދަން
މިއީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު: އަދުރޭ
"ވަކިގައުމަކަށް ބަރޯސާނުވެ މިނިވަންކަން ދަމަހައްޓާނަން"