Roadha Mihaaru
ކޮންމެ އެހީއަކަށް ބުރްޖް ޚަލީފާ ދިއްލާލަނީ

10 މިލިއަން ކޮއްތު: ކޮންމެ އެހީއަކަށް ބުރްޖް ޚަލީފާ ދިއްލާލަނީ

08 މެއި 2020

ދުބާއީ (މެއި 8) - ކޮރޯނާވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް "10 މިލިއަން ކޮއްތު"ގެ ނަމުގައި ޔޫއޭއީގައި ފެށި ކެމްޕޭނުގައި ހަދިޔާ ކުރާ ކޮންމެ އެހީއަކަށް ދުބާއީގެ ބުރްޖް ޚަލީފާގެ ބޮތްކެއް ދިއްލުމުގެ ޕްރޮގްރާމުގެ ދަށުން ބުދަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ އެންމެ އުސް އިމާރާތުން 393،000 ބޮކި ދިއްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކެމްޕޭން މިދިޔަ އާދިއްތަ ދުވަހު ފެށި ފަހުން ފުރަތަމަ 24 ގަޑިއިރު ތެރޭ ވަނީ 176،000 އެހީ ލިބިފަ އެވެ. ދުނިޔޭގެ އެންމެ އުސް "ޚައިރާތު ފޮއްޓަށް" މިހާތަނަށް ވަނީ 100 އަށް ވުރެ ގިނަ ގައުމުގެ މީހުން އެހީވެފަ އެވެ. ވެބްސައިޓް މެދުވެރިކޮށް، 828 މީޓަރު (2،717 ފޫޓުގެ) އުސް ބުރްޖް ޚަލީފާގެ ކޮންމެ ބޮތްކަކަށް ދައްކާ ފައިސާ އަށް އި އިމާރާތުން ބޮތްކެއް ދިއްލާލަ އެވެ. ކޮންމެ ބޮތްކަކަށް ދައްކަން ޖެހެނީ 10 ދިރްހަމް (2.7 ޑޮލަރު) އެވެ. އެއީ އެކެއްގެ އެއް އިރުގެ ކޮއްތެވެ. މި ކެމްޕޭނުގެ ދަށުން ބުރްޖް ޚަލީފާގެ 1.2 މިލިއަން ލެޑް ލައިޓް ދިއްލާނެ އެވެ.

ދުނިޔެ އަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން މީގެ ކުރިން ވެސް ވަނީ ބުރްޖް ޚަލީފާ ދިއްލައިފަ އެވެ.

ޔޫއޭއީ އިން މިހާތަނަށް ވަނީ 16,240 މީހުން ޕޮޒިޓިވްވެ 165 މީހުން މަރުވެފަ އެވެ.