ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް މާލެ އިން އައްޑު އަށް ދިޔަ އަންހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
14 އޯގަސްޓް 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް މާލެ އިން އައްޑު އަށް ދިޔަ އަންހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އައްޑޫ ފޭދޫން އިއްޔެ ހައްޔަރު ކުރި އުމުރުން 35 އަހަރުގެ އެ ދިވެހި އަންހެން މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ ހުއްދަ ނެތި އެ އަންހެން މީހާ މާލެ އިން އައްޑު އަށް ދިޔަ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާ އެގޮތަށް ދިއުމުން، އެކަން ތަކުރާރު ނުކުރަން އޮތީ ނަސޭހަތް ދީފަ އެވެ. އިއްޔެ އޭނާ ހައްޔަރު ކުރީ މި ފަހުން މާލޭގައި އުޅުމަށް ފަހު ހުއްދަ ނެތި އައްޑު އަށް ގޮސް އުޅެނިކޮށެވެ.
އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން، މާލެ އިން މިހާރު ރަށްރަށަށް ދެވޭނީ އެ އިދާރާ އާއި އެ ރަށެއްގެ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. މާލެ އިން ރަށްރަށަށް ދާ މީހުން ގޭގައި 14 ދުވަހު ކަރަންޓީންވެ ތިބެން ޖެހެ އެވެ. އެ މީހުން ބޭރަށް ނުކުތުމުގެ ހުއްދަ ދެނީ 14 ދުވަސް ފަހުން ހަދާ ޓެސްޓުން ކޮވިޑް-19 އަށް ނެގަޓިވް ވުމުންނެވެ.
މި ފަހުން އައްޑޫން ވެސް ވަނީ ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މާލެ އިން އެ ސިޓީއަށް ގޮސް ކަރަންޓީންގައި ތިބި މީހުން ހިމެނެ އެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ 5،494 މީހަކަށް ކޮވިޑް ޖެހި 2،920 މީހަކު ރަނގަޅުވެފަ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް އިތުރުވަމުން ގޮސް އެ ބަލީގައި މިހާރު ވެސް 2،553 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލްތަކުގައި މިހާރު 156 މީހަކު ވަނީ އެޑްމިޓު ކޮށްފަ އެވެ. މި ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ފެންނަމުން ދަނީ މާލެ ސަރަހައްދުންނެވެ. އެއީ އޭޕްރީލް 15 އިން ފެށިގެން ހަލުވިކަމާ އެކު ކޮވިޑް ބަލީގެ މީހުން ފެންނަމުންދާ ސަރަހައްދެވެ.
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
ކޮވިޑް-19: އައްޑޫގައި އެންމެ ހާލަތު ގޯހީ ހިތަދޫ
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އައްޑޫގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު!
މާސްކް އަޅާތޯ ބަލާނެ ކަމަށް ފުލުހުން ބުނެފި
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ އައްޑޫން