އައްޑޫ ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެން، އެ އަވަށަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށް، މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
09 އޯގަސްޓް 2020
އައްޑޫ ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެން، އެ އަވަށަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށް، މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ފޮނުއްވި މޮނިޓަރިންގެ ނޯޓިހުގައި ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިތަދޫގައި މި ވަގުތު ތިބި އެއްވެސް ބަޔަކު އެޗްޕީއޭ އިން ވަކި ގޮތަކަށް އަންގަންދެން ހިތަދޫން ފައިބައި އަދި އެ އަވަށަށް އެރުން ވެސް މިއަދުން ފެށިގެން މަނާވާނެ ކަމަށެވެ.
ހިތަދޫ މިވަގުތަށް ބަންދުކޮށްފައިވާތީ، ބަލަންޖެހޭ ކަންކަން ބެލުމާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގައި އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވެސް މައިމޫނާ އަންގަވާފައި ވެ އެވެ. އަދި މި ހާލަތުގައި ހިތަދޫގެ ކަންކަން ވިލަރެސް ކުރާނެ މީހަކު ކައުންސިލް ކަނޑައަޅައި ދިނުމަށް ވެސް މޮނިޓަރިންގެ ނޯޓިހުގައި އޭނާ އެދިވަޑައިގަތެވެ.
ހިތަދޫ ބަންދުކުރިއިރު، އެއީ އައްޑޫގައި ދައުލަތުގެ މުހިންމު މުއައްސަސާތަކެއް ހިންގާ އަވަށެކެވެ. އޭގެ ތެރޭގައި އައްޑޫ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލާއި ކޮވިޑް މެނޭޖްމަންޓް ސެންޓަރާއި ބައެއް މިނިވަން މުއައްސަސާތަކުގެ އޮފީސްތައް ފަދަ ތަންތަން ހިމެނެ އެވެ.
ހިތަދޫގައި ހިންގާ އައްޑޫ ހައި ސްކޫލްގައި ހަދާ އިމާރާތެއްގެ މަސައްކަތުގައި އުޅޭ ބިދޭސީއަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވިއިރު، މާލޭން އައްޑު އަށް ގޮސް ހޯމް ކަރަންޓީނުގައި ފޭދޫގައި ހުރި ފުލުހަކު ވެސް ރޭ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ، މިކަމާ ގުޅިގެން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އައްޑޫގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލޭން އައްޑު އަށް ގޮސް ގަމުގެ އީކްއޭޓަ ވިލެޖްގެ ކަރަންޓީނުގައި ހުރި ދުވަސްވީ އަންހެނެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
ކޮވިޑް-19 އާ ދިމާކޮށް މާޗް މަހުގެ ތެރޭގައި އައްޑޫގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައި ކަންކަން މޮނިޓަކުރަމުން ދިޔަ ނަމަވެސް ފަހުން ދިން ލުއިތަކާ އެކު، އެ މަސައްކަތްތައް އެގޮތަށް ނުދާތީ ރައްޔިތުންގެ ޝަކުވާތައް ވެސް ބޮޑުވެފައިވެ އެވެ. ވަކިން ހާއްސަކޮށް ކައުންސިލްގެ ދައުރު މިކަމުގައި ކުޑަކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކައުންސިލަށް ފާޑު ވެސް ކިޔަމުންނެވެ.
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ކޮވިޑް-19: ހިތަދޫގެ ސްކޫލްތައް ބަންދުކޮށްފި
އައްޑޫ 14 ދުވަހަށް ލޮކްޑައުންކޮށްފި
ޝައްކުވާ މީހަކަށް ފަރުވާދިން މީހުން އެކަހެރިވެއްޖެ
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ކޮވިޑް-19: އައްޑޫގެ ގުޅިފައިވާ ރަށްތައް ބަންދުކޮށްފި