Roadha Mihaaru
"އެހީތެރިވާނެ ނިޒާމެއް ކޮމަންވެލްތުން ގާއިމްކުރަންޖެހޭ"

ކޮމަންވެލްތުން ގައުމުތަކަށް އެހީވާނެ ނިޒާމެއް ގާއިމްކުރަން އަމީން ހުށަހަޅުއްވައިފި

14 މެއި 2020

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ކޮމަންވެލްތުގެ މެމްބަރު ގަައުމުތަކަށް އެެހީތެރިވެވޭވެ ގޮތްތައް ބަލައި، ވަސީލަތްތައް ހޯދާނެ ނިޒާމެއް އެ ޖަމާއަތުގެ ތެރޭގައި އުފައްދަން ރާއްޖެ އިން ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ކޮމަންވެލްތުގެ މެމްބަރު ގަައުމުތަކަށް އެެހީތެރިވެވޭވެ ގޮތްތައް ބަލައި، ވަސީލަތްތައް ހޯދާނެ ނިޒާމެއް އެ ޖަމާއަތުގެ ތެރޭގައި އުފައްދަން ރާއްޖެ އިން ހުށަހަޅައިފި އެވެ.

ކޮމަންވެލްތު ހެލްތު މިނިސްޓަރުން މިއަދު ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ބަލިމަޑުކަަމަށް މެމްބަރު ގައުމުތައް ތައްޔާރުވުމަށް އެހީތެރިވެދޭނެ ނިޒާމެއް ގާއިމްކުރާ އިރު، ބަލަން ޖެހޭނީ ހަމަ އެކަނި ސިއްހީ ނިޒާމަށް ނޫން ކަަމަަށާއި އިޖުތިމާއީ އިގުތިސާދީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާ ކުރިމަތިލުމުގައި ކޮމަންވެލްތުގެ ކޮންމެ ގައުމަކުން ވެސް މަސައްކަތް ކުރަމުން އަންނަ ގޮތް ލިޔެ ރައްކާކޮށް، އެހެން ގައުމުތަކަށް އެ މައުލޫމަތު ލިބެން ހުރުން މުހިއްމު ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ އަދި ވަަސީލަތުގެ ގޮތުން ތަނަވަސް ޖަމާއަތެއްގެ ގޮތުގައި ކޮމަންވެލްތަކީ ދުނިޔޭގެ ސިއްހަތަށާއި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ ބާރަކަށް ވެވިިދާނެ،" ރާއްޖެ އިން ކޮމަންވެލްތުގައި އަލުން ބައިވެރިވި ފަހުން ބޭއްވި ހެލްތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުމުގައި އަމީން ވިދާޅުވި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެ އިން ކޮމަންވެލްތާ ގުޅުނީ މި އަހަރުގެ ފެބްރުއަރީ 1 ގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އަމީން ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ސިއްހީ، އިޖުތިމާއީ އަދި އިގުތިސާދީ އަސަރު ކޮންމެ ގައުމަކާއި ކޮންމެ ފަރުދަކަށް ވަނީ ކޮށްފަ އެވެ. އެކަމަކު މި ކާރިސާ އަށް ތައްޔާރުވި ގޮތާއި އަމަލުކުރި ގޮތް ވެސް ތަފާތު ކަމަށް ވިދާޅުވި އެވެ. ކިތަންމެ ވަރަކަށް ތައްޔާރުވި ވިޔަސް، މިހާ ބޮޑަށް ގުޅިލާމެހިފައިވާ ދުނިޔެ އެއްގައި އެއްވެސް ގައުމަކަށް އެ ބަލިން މުޅިން ސަލާމަތްވެގެން ނުތިބެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ އަދި ވަަސީލަތުގެ ގޮތުން ތަނަވަސް ޖަމާއަތެއްގެ ގޮތުގައި ކޮމަންވެލްތަކީ ދުނިޔޭގެ ސިއްހަތަށާއި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ ބާރަކަށް ވެވިިދާނެ،" އަމީން

އޭނާ ވިދާޅުވީ ގައުމުތަކުގެ މެދުގައި އޮތް ގުޅުން ތަކަކީ މި ފަހަރުގެ ކާރިސާއިން އަރައިގަތުމުގެ އިތުރުން މީގެ ފަހުން ކުރިަމތިވާ ކަމަކަށް ތައްޔާރުވުމަށް ވެސްް މުހިއްމު ގުޅުންތަކެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ހާލަތުގައި ވެސް، ފެނުނީ ރާއްޖޭގެ ހުރި ނާޒުކު ކަމާއި އެހެން ގައުމުތަކުގެ އެހީތެރިކަމަށް ބަރޯސާވާ މިންވަރާއި ގައުމުތަކާ އެކު އޮތް ގުޅުންތަކުގެ މުހިއްމުކަން" އަމީން ވިދާޅުވި އެވެ.

ކޮމަންވެލްތުގައި ބައިވެރިވެ، އެ ގައުމުތަކުގެ ސަފަށް އަލުން ނުކުމެވުމުގެ އުފާ ވެސް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން މިއަދު ފާޅުކުރެއްވި އެވެ.