Roadha Mihaaru
ވަކީލުންގެ ބާއިމްތިހާނުގެ ޝަރުތު ލަސްކުރަން ހުށަހަޅައިފި

ވަކީލުކަމުގެ ހުއްދަ ހޯދަން ބާކައުންސިލްގެ އިމްތިހާނު ހެދުމުގެ ޝަރުތު ފަސްކުރަން ނާޒިމު ހުށަހަޅުއްވައިފި

17 މެއި 2020

ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބާކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމާއި އެއާ ވިދިގެން ހަދަން ޖެހޭ އިމްތިހާނު ހަދަން، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު"ގައި އޮންނަ ޝަރުތަށް އަމަލުކުރަން ފެށުުން އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފަސްކުރަން ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބާކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމާއި އެއާ ވިދިގެން ހަދަން ޖެހޭ އިމްތިހާނު ހަދަން، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު"ގައި އޮންނަ ޝަރުތަށް އަމަލުކުރަން ފެށުުން އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފަސްކުރަން ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވައިފި އެވެ.

މި ބިލްގެ ކޯ ސްޕޮންސަރަކީ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ. ނާޒިމަށް ބޮޑުބޭބެ ވިދާޅުވާ އުޝާމަކީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާނޫނީ ވަކީލެކެވެ.

ނާޒިމް މިއަަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުކަމުގެ ހުއްދަ ހޯދަން ފުރިހަމަކުރަން ޖެހޭ އެ ޝަރުތަށް އަމަލުކުރުން ލަސްކުރަން މަޖިލީހަށް އިސްލާހެއް ހުށަަހެޅުއްވީ ކޮވިޑް-19 އާ ގުޅިގެން، ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށް ކަމަށެވެ.

މަޖިލީހަށް އިސްލާހު ހުށަހަޅުއްވަމުން، އެ އިސްލާހު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ހެދި ރާއްޖޭގެ ފަރުދުންނާއި މުއައްސަސާތަކުގެ މަސައްކަތް ލަސްވެ، އަމިއްލަ ގިނަ މަސައްކަތްތައް މުޅިން ހުއްޓުމަަކަށް އައިސްފައިވާ ކަމަށާއި އެހެންވެ، ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުން ހަދަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނަށް މިހާލަތުގައި ހުރަސްއެޅިފައިވާ ކަމަށެވެ. ތަމްރީނު ނިންމުމަށް ފަހު ހަދަން ޖެހޭ އިމްތިހާނަކީ އެެމެރިކާގެ ނެޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ)އާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމުން، މިހާލަތުގައި އެ އިމްތިހާނު ބާއްވަން ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށް ވެސް ނާޒިމްގެ ހުށަހެޅުއްވުމުގައި ވިދާޅުވެފައި ވެ އެވެ.

"...ބާ އިމްތިހާނު މިއަހަރު ކުރިއަށް ގެންދެވުމަކީ ވުމަށް ވުރެ ނުވުން ގާތްކަމަކަށް މިވަނީ ވެފަ އެވެ،" ގާނޫނަށް އިސްލާހު ހުށަހެޅުއްވި ބިލްގައި ނާޒިމް ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ގާނޫނީ ވަކީލުކަމުގެ ޑިގްރީ ނަގައިގެން ބާ އިމްތިހާނާ ހެދި ވަކީލުކަން ކުރުމުގެ ހުއްދަ ނުލިބިފައި 300 ދަރިވަރުން އެބަ ތިއްބެވެ. އެ ދަރިވަރުންގެ އާއިލާތަކަށް މި ހާލަތުގައި މާލީ ގޮތުން ލިބޭނެ އެއް ލުޔަކީ އެ ދަރިވަރުންނަށް ވަކީލުކަމުގެ ހުއްދަ ލިބި، އާމްދަނީ ލިބޭ މަސައްކަތެއް ކުރެވޭ ގޮތް ވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލުންނަށް ހުއްދަ ދިިނުމަށް ޓަކައި ބާކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް އަހަރު ދުވަހުގެ ތަމްރީނާއި އޭގެ ފަހުން ހަދަން ޖެހޭ އިމްތިހާނު ލަސްވުމުގެ ޝަކުވާ ކޮވިޑް-19 ފެތުރެން ފެށުމުގެ ބޮޑެތި ފިޔަވަޅުތައް އެޅުމުގެ ކުރިން ވެސް އޮތެވެ. ވަކީލު ކަމުގެ ޑިގްރީ ނެގި އެތައް ދަރިވަރުންނަކަށް މަސައްކުރެވޭ ގޮތް ނުވުމުގެ ޝަކުވާ ދަރިވަރުން ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.