ވަކީލުންނަށް ލައިސަންސް ދިނުން ލަސްކުރަން ބާކައުންސިލުން މަސައްކަތްކުރާ ކަމަށާއި އެ ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނީ ދާއިރާ އަށް އާ ބަަޔަނު ނުކުމެދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.
10 ޖޫން 2020
ވަކީލުންނަށް ލައިސަންސް ދިނުން ލަސްކުރަން ބާކައުންސިލުން މަސައްކަތްކުރާ ކަމަށާއި އެ ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނީ ދާއިރާ އަށް އާ ބަަޔަނު ނުކުމެދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.
އޭނާ ވިދާޅުވީ ބާކައުންސިލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެ ކައުންސިލަށް އިންތިހާބުވެވަޑައިގަންނަވަން ވަރަށް ޝައުގުވެރިކަމާ އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. ނަމަވެސް ބާކައުންސިލަަށް އިންތިހާބުވުމުން އެ ބޭފުޅުންގެ ޚަބަރެއް ހިލަމެއް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މީގެން މީގެން މި އެނގެނީ އޭރު އެ ބޭފުޅުން އެވަރަށް މަސައްކަތް ކުރެއްވީ މިދާއިރާ، މި ޕްރޮފެޝަން ވަކި ބައެއްގެ އަތުގައި ވަކި ގޮތަަކަށް ކޮންޓްރޯލްކޮށްފައި ބޭއްވުމަށް ކަން. އަދި މިދާއިރާ އަށް އަލަށް ކިޔަވައިގެން ނުކުންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމަކީ އެ ބޭފުޅުން އެހާ ގަޔާވާ ކަމެއް ނޫންކަން،" ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބް މި މޭރުމުން ވާހަކަ ދެއްކެވީ ވަކީލުންނަށް ލައިސަންސް ދިނުމުގެ ކުރިން ހަދަން ލާޒިމްކުރާ ތަމްރީނާއި އިމްތިހާނުގެ ޝަރުތަށް އަމަލުކުރުން ލަސްކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގަ އެވެ. ކޮވިޑް-19 ފެތުރޭ މިހާލަތުގައި ބާ އިމްތިހާނު ބޭއްވުން ލަސްވާނެ ކަމުގެ ކަންބޮޑުވުމާ އެކު އެ އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ޔައުގޫބް ވިދާޅުވީ ބާ އިމްތިހާނު ބޭއްވުން ލަސްކޮށްފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަަމަށާއި އެއީ ގާނޫނީ ދާއިރާއަށް އާ ބަޔަކު ނުކުމެ، ކުރީގެ ނުފޫޒު ގަދަ ބޭފުޅުންގެ ނުފޫޒު އެކަމުގެ ސަބަބުން ގެއްލިދާނެތީ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އެ ބޭފުޅުންގެ އެ މާކެޓް، އެ ޑޮމިނޭޝަން އެހެން ބަޔަކަށް ބެހިގެން ނޫނީ އެހެން ބަޔަކު އައިސްފައި ކޮންޓްރޯލްކޮށްފާނެ ކަމުގެ ބިރަށްޓަކައި މިކަން ނުކުރާ މަންޒަރު އަޅުގަނޑަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ބިލަށް އިސްލާހު ހުށަހަޅުއްވަމުން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ބާކައުންސިލުން ބާއްވަން ޖެހޭ އިމްތިހާނު ނުބޭއްވި ލަސްވާތީ ގާނޫނީ މަސައްކަތަށް ނުނުކުމެވިފައި ތިބި 300 އެއްހާ ދަރިވަރުން އެބަތިބި ކަމަށާއި އެ އެންމެން ތިބީ މަގުމަތިވެފައި ކަމަށެވެ. ގާނޫނު އިސްލާހުކޮށް، އިމްތިހާނުގެ ޝަރުތު މިހާލަތުގައި ލަސް ނުކުރާ ނަމަ އެ އެންމެންނަށް ވަރަަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަކީލުންގެ ބާއިމްތިހާނުގެ ޝަރުތު ލަސްކުރަން ހުށަހަޅައިފި
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
ހާއްސަ ހުއްދަ އޮތް މީހުން ބާއިމްތިހާނު ހަދާކަށް ނުޖެހޭ
ވަކީލުންގެ ދާއިރާއިން ބޭރުކަންކަން ބެލޭގޮތަށް ފާސްކޮށްފި
ހާއްސަ ހުއްދަ އޮތްނަމަ އެގްޒާމް ނުހެދުން ރަނގަޅު
ޕްރޮގްރާމެއް ހެދުމުން ވަކީލުކަމުގެ ހުއްދަދޭން ފާސްކޮށްފި
ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ
ބާކައުންސިލް އިންތިޚާބު އޮންނަ ތާރީހު އަންނަ ހަފުތާގައި
ބިލް ފާސްނުކުރަން ގޮވާލައި، 62 ވަކީލުންގެ ޕެޓިޝަނެއް