Roadha Mihaaru
ނަޝީދުގެ މައްސަލަ ބަލަން މުއައްސަސާތަކަށް ހުށަހަޅައިފި

ނަޝީދަށް ލިބުނު ކަމަށް ބުނާ ފޮޓޯތަކުގެ މައްސަލަ ބަލަން މުއައްސަސާތަކަށް ހުށަހަޅައިފި

04 އޯގަސްޓް 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގަތް ކަމަށް ބުނާ މައްސަލަ ބަލަން ޕޮލިހަށާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް އަދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގަތް ކަމަށް ބުނާ މައްސަލަ ބަލަން ޕޮލިހަށާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް އަދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ތިން މުއައްސަސާ އަށް މި މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމް އަދާކުރެއްވި އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

އޭނާގެ ސިޓީތަކުގައި ވިދާޅުވެފައި ވަނީ އެފަދަ ފޮޓޯޓަކެއް އެއްވެސް ފަރާތެއްގައި އަތުގައި ހުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އެފަދަ ތުހުމަތުތަކެއް ރައީސަށް ކުރެއްވުމުން ރައިސުލްޖުމްހޫރިއްޔާގެ ސިފަތަކަށް އުނިކަން ލިބޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެ ފޮޓޯތައް ހުރިތޯ ނުވަތަ ނެތްތޯ ތަހުގީގުކޮށް ބަލަންޖެހޭ ކަމަށާއި ހުރިކަން ސާބިތު ނުވެއްޖެ ނަމަ އެއީ ހައްދު ކަނޑައެޅިފައިވާ ގާނޫނީ ކުށެއް ކަމަށް ވެސް ސަލީމް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ ބްލެކްމެއިލް ކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށާއި އެ މައްސަލަ ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެނަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ފޮޓޯތަކެއް ލިބިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވީ، އެއް ޖިންސުންް ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން، ވަކި ބައެއްގެ މައްސަަލަތައް ބަލަނީ ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށްފަހުގަ އެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތްތަނާ ހަތަރު ފޮޓޯއެއް ލިބިވަޑައިގަތް ކަމަށް ވިދާޅުވެފައި ވަނިކޮށް އިއްޔެ މީހަކު އެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.