ކޮންމެ ހަފުތާއަކު ކުކުޅު ފައި ޕެކެޓު ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި އެވެ.
25 މެއި 2020
ކޮންމެ ހަފުތާއަކު ކުކުޅު ފައި ޕެކެޓު ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި އެވެ.
މިއީ، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި އެ ފިހާރައިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެގޮތުން އެ ފިހާރައިގެ ޕޭޖާއި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާ ނިމިފައިވާއިރު، ކުކުޅު ފިހާރައިން ވަނީ ފުރަތަމަ ނަސީބުވެރިޔާ ރޭ އިއުލާން ކޮށްފަ އެވެ. ފުރަތަމަ ނަސީބުވެރިއަކަށް ހޮވުނީ އާއިޝަތު ފިރާޝާ އެވެ.
ކުކުޅު ފިހާރައިން ވަނީ މި ޕްރޮމޯޝަންގެ އިތުރުން، އެ ފިހާރައިން ކުރިއަށް ގެންދިޔަ އީދު ހަދިޔާ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ވެސް ރޭ ހޮވައިފަ އެވެ. ފިހާރައިގެ ޕޯސްޓަށް ކޮމެންޓު ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ލައިކްސް ހޯދި ކޮމެންޓަކަށް ލިބޭ ހަދިޔާ ހާސިލްކުރީ ފޭސްބުކް އައިޑީ "ނަޒޫ ނަޒޫ" އެވެ.
ކުކުޅު ފިހާރައިން ވިއްކާ ގިނަ އަދަދެއްގެ އައިޓަމްތަކެއް އީދު ހަދިޔާގެ ގޮތުގައި ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި 1،400 ގްރާމްގެ ދެ ކުކުޅާއި 1،200 ގްރާމްގެ ދެ ކުކުޅާއި ދެ ކުކުޅު ފައި ޕެކެޓާއި 450 ގްރާމްގެ ބޯންލެސް ކުކުޅު ޕެކެޓަކާއި ހަތަރު ސޮސެޖު ޕެކެޓާއި ޖިޒާޑް ޕެކެޓަކާއި ފްރެންޗް ފްރައިސް ޕެކެޓަކާއި ޗީޒް ޕެކެޓެއްގެ އިތުރުން ބީފް ޕެކެޓެއް ހިމެނެ އެވެ.
އީދު ޕްރޮމޯޝަން އިއްޔެ އެކަނި ކުރިއަށް ދިޔަ ނަމަވެސް ކޮންމެ ހަފުތާއަކު އޮންނަ "ޝެއާ އެންޑް ވިން" ޕްރޮމޯޝަން ތިން މަސް ދުވަހަށް ބާއްވާނެ އެވެ. ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެ އެވެ.
ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ.
ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
"ކުކުޅު ފިހާރަ"އިގެ ތިން ތަނެއް ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ.
ކުކުޅު ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް
އެންމެ ހެޔޮކޮށް ކުކުޅު ލިބޭނީ "ކުކުޅު ފިހާރަ" އިން
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
ޑައިމޯގެ "މޯބައިލް ލޭބަލާ" އިން ބޮޑު ޑިސްކައުންޓެއް
މިއަދުގެ ތާރީހާ ގުޅުވައިގެން ރަންފައުނުގެ ސޭލެއް
ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަނީ
"އެލްމާސް" އާއި "ޝާޕީ" ބްރޭންޑް ރާއްޖެ އަށް
ސޯފާ އާއި ކާޕެޓް ބާވިޔަސް އެއްލައިލާކަށް ނުޖެހޭނެ
"މޮލިންޑޯ"ޕޭސްޓްރީ، ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް
ޕްރޮކުއާ ޕްލަސްއިން ޑައިމޯ ބްރޭންޑްގެ ތަކެތި ރާއްޖެއައް