Roadha Mihaaru
ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓުން ވެސް ޑެމަރޭޖެއް ނުނަގާނެ

ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓުން ވެސް ޑެމަރޭޖް ނުނަގަން ނިންމައިފި

28 މެއި 2020

ކޮވިޑް-19 ފެތުރޭތީ އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓުން ވެސް ބައެއް ފީތައް ނުނަގަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން (އެމްޕީއެލް) މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 ފެތުރޭތީ އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓުން ވެސް ބައެއް ފީތައް ނުނަގަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން (އެމްޕީއެލް) މިއަދު ބުނެފި އެވެ.

އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށި ޕޯޓްސް ލިމިޓެޑާއި ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ބޯޑުން އެގޮތަށް ނިންމީ މި ހާލަތުގައި މުދާ ގެންނަ ފަރާތްތަކަށް ލުއިތަކެއް ދޭން ކަމަށެވެ.

އެ ކުންފުނިތަކުން ދިން ލުއިތަކުގެ ތެރޭގައި މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން 20 ވަނަ ދުވަހުގެ މުއްދަތަށް އެ ޕޯޓުތަކަށް ބާލާފައިވާ ހުރިހާ މުދަލެއްގެ ތެރެއިން އޭޕްރިލް 15އާ ހަމައަށް ޑެމަރޭޖް ނާރާ މުދަލުން ޑެމަރޭޖް ނުނަގަން ވަނީ ނިންމައިފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެމްޓީ ކޮންޓެއިނާ ސްޓޯރެޖް ފީ ނުނަގަން ވެސް ކުޅުދުއްފުށީ ޕޯޓުންނާއި ހިތަދޫ ޕޯޓުން ވަނީ ނިންމައިފަ އެވެ.

ވިޔަފާރިވެރިން ގެންނަ މުދާ ބޭލުމަށް ފަހު ވަކި މުއްދަތަކަށް ޕޯޓުގެ ސްޓޯރޭޖުގައި ހިލޭ ބެހެއްޓޭނެ އެވެ. އަދި މުއްދަތު ހަމަވުމުން މުދާ ކްލިއާ ނުކުރާ ނަމަ އިތުރުވާ ކޮންމެ ދުވަހަކަށް ޑެމަރޭޖް ފީއެއް ނަގާނެ އެވެ. ނަމަވެސް މި ދަނޑިވަޅު ޑެމަރޭޖް ފީ ނުނަގަން ނިންމައިފައި ވަނީ ރާއްޖޭގައި މިހާރު އޮތް ހާލަތުގައި މުދާ ކްލިއާ ކުރުމުގައި ލަސްތަކެއް ވެދާނެ ކަމަށް ބަލަ އެވެ.