29 މެއި 2020
ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ ސާޖަރީ އަށް ފަހު އިއްޔެ ހޭ އަރައިފި ކަމަށާއި އޭނާ ހޭ ނާރާ ކަމަށް މައުލޫމާތު ދެވުނީ އެކަން އޭރު ނޭނގި އޮތުމުން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ ސާޖަރީ އަށް ފަހު އިއްޔެ ހޭ އަރައިފި ކަމަށާއި އޭނާ ހޭ ނާރާ ކަމަށް މައުލޫމާތު ދެވުނީ އެކަން އޭރު ނޭނގި އޮތުމުން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ފުވައްމުލަކު ރަށު ނައިބުތުއްތު މަގުގައި ދެ ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިސްމާއިލް ސައީދު، 32، ގެ ބޭބެ އަހްމަދު ސައީދު "މިހާރު" އަށް ބުނީ އިސްމާއިލް ހޭ އެރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
"އިސްމާއިލް ހޭ އަރައިފި. އޭނާގެ ހާލު ރަނގަޅު، މިހާރު ވާހަކަ ދައްކާ،" އަހުމަދު ބުންޏެވެ.
އެ އެކްސިޑެންޓުގައި އިސްމާއިލްގެ ބޮލަށް އަނިޔާވުމުން އިތުރު ފަރުވާ ދޭން މާލެ ގެނައީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އައިޖީއެމްއެޗްގައި ނިއުރޯ ސާޖަންއެއް ނެތުމުން، އޭނާ ގެންދިޔައީ އޭޑީކޭއަށެވެ. އަދި އެ ހޮސްޕިޓަލުން ހަމަ އެ ރޭ އޭނާގެ ސިކުނޑީގެ ސާޖަރީއެއް ހެދި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ އަންހެނަކަށް ވެސް އިތުރު ފަރުވާ ދޭން މާލެ ގެނައެވެ. ސީޓީ ސްކޭނެއް ހެދުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް ހެއެއްނާރާ
ފުުވައްމުލަކުގައި އެކްސިޑެންޓުވި ޒުވާނާ އަދިވެސް ސީރިއަސް
ކޯމާގައި އޮތް ޒުވާނާގެ ބިލްތަކަށް ވެސް އެންސްޕާގެ އެހީ
ފުވައްމުލަކުގައި އެކްސިޑެންޓްވި ޒުވާނާ އަދިވެސް ކޯމާގައި
ފުވައްމުލަކުގައި ބޮޑު އެކްސިޑެންޓެއް، ހާލު ސީރިއަސް
ނަޑެއްލާ އެކްސިޑެންޓް: ފަރުވާއަށް ދެ މީހަކު މާލެއަށް
މަގުތައް ތަރައްގީކުރަނީ ރޭސްޖަހާކަށް ނޫން: ޝުޖާއު
ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް، އެކެއްގެ ހާލު ގޯސް
ފުވައްމުލަކު އެކްސިޑެންޓު: އެކަކު އަދިވެސް އައިސީޔޫގައި
ސައިކަލް ކޮންޓްރޯލް ނުވެ މީހެއްގެ ހާލު ސީރިއަސްވެއްޖެ!