Roadha Mihaaru
ދުވަސްވީ މީހުންނާއެކީ އެހެން މީހުން ބޭރަށްނުދާން އެދެފި

ދުވަސްވީ މީހުންނާ އެކީ އެހެން މީހުން ބޭރަށް ނުދާން އެދެފި

31 މެއި 2020

ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދިއުމުގެ ހުއްދަ ދީފައިވާއިރު އެ މީހުންނާއެކު އެހެން އުމުރުތަކުގެ މީހުން ވެސް ބޭރަށް ނުކުންނަކަން ފާހަގަކުރެވޭ ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދިއުމުގެ ހުއްދަ ދީފައިވާއިރު އެ މީހުންނާއެކު އެހެން އުމުރުތަކުގެ މީހުން ވެސް ބޭރަށް ނުކުންނަކަން ފާހަގަކުރެވޭ ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އާއި 8:00 އާ ދެމެދު ފުލުހުންގެ ހުއްދައާއެކު ބޭރަށް ނުކުތުމުގެ ފުރުސަތު ދޭއިރު ކޮންމެ މީހަކަށް ވެސް ދުވާލަކު ދޮޅު ގަޑިއިރު ބޭރުގައި އުޅުމަށް ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އަދި އެކަނި ބޭރަށް ނުކުމެ ނޫޅެވޭ ދުވަސްވީ މީހުންނާއެކު، އެހީތެރިއެއްގެ ގޮތުގައި އިތުރު މީހެއް ބޭރަށް ނުކުތުމުގެ ހުއްދަ ދެ އެވެ. ހުކުރު ދުވަހުން ފެށިގެން އެ ހުއްދަ ދޭން ފެށުމާއެކު ކަސްރަތު ކުރުމަށާއި ހިނގާލުމަށް ދުވަސްވީ ގިނަ ބަޔަކު ނުކުމެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދުވަސްވީ މީހުންނާ އެކު ކުޑަކުދިންނާއި އެހެން މީހުން ވެސް ބޭރަށް ނުކުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Umurun dhuvasvee meehunnah konme dhuvahaku ves beyrah dheveyne

Umurun dhuvasvee meehunnah konme dhuvahaku ves beyrah dheveyne

The most trusted news source in the Maldives

Mihaaru

އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދާން ހުއްދަ ދޭން ނިންމުން

"އެއީކީ އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ހުއްދަ ލިބިގެންވާ ކަމެއް ނޫން. އަދި އެއީ ރައްކާތެރި ކަމަކަށް ވެސް ނުވާތީވެ ރަނގަޅުގޮތަކީ ހުއްދަ ލިބިގެންވާ އުމުރުން ދުވަސްވީ މީހުން އެ ފުރުސަތުގެ ބޭނުންކޮށް ކަސްރަތު ކުރުމަށް ވަޑައިގަތުން،" އަފްޒަލް ވިދާޅުވި އެވެ.

ފުއްޕާމޭގެ މައްސަލަތައް ހުންނަ އުމުރުން ދުވަސްވީ މީހުން، ކަސްރަތު ކުރާއިރު މާސްކް އެޅުން ރައްކާތެރި ނޫން ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 އަކީ ވައިގެ ތެރެއިން ފެތުރޭ ބައްޔަކަށް ނުވާތީ ދުރުދުރުގައި ތިބޭ ނަމަ މާސްކް ނާޅައި އުޅުމަކުން ނުރައްކަލެއް ނެތް ކަމަށެވެ.

"އެބޭފުޅުން ވެސް ގައިދުރުކަން ބަހައްޓަވަން ޖެހޭނެ މަދުވެގެން ތިން ފޫޓްގެ ދުރުމިން. އަދި އެ އުމުރުގެ ބޭފުޅުންގެ ކިބައިން މާސްކް އެޅުމާ މެދުގައި އެބައޮތް މައްސަލަ. މާނަ އަކީ ބައެއް ކަހަލަ، ފުއްޕާމޭގެ ބަލިތައް ނުވަތަ ނޭވާލާން އުނދަގޫ ބޭފުޅެއް ހާއްސަ ގޮތެއްގައި މާސްކް އަޅައިގެން އުޅުން،" އަފްޒަލް ވިދާޅުވި އެވެ.

ލޮކްޑައުން އަށް ލުއި ދިނުމުގެ މަރުހަލާގައި މި ދެ ހަފްތާ އަށް ފަހު ކޮންމެ ދުވަހަކު ހެނދުނު ކުޑަކުދިންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭން އެންއީއޯސީން ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ ހުއްދައާ އެކު ބޭރަށް ދެވުނަސް އެހެން ގޭގެޔަށް ދިއުން މަނަލެވެ. ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންކަމުން އެ އުމުރުގެ މީހުންގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން، އެޗްޕީއޭ އިން ތަކުރާރުތައް އަންނަނީ އެދެމުންނެވެ.

މިއަދުގެ އިރު އޮއްސި 6:00 އަށް ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1,773 އަށް އަރައިފަ އެވެ. އަދި މިހާތަނަށް 453 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.