Roadha Mihaaru
އަމީތާބާއި ޖަޔާގެ ކައިވެނީގެ ޝައުގުވެރި ވާހަކައެއް

އަމީތާބާއި ޖަޔާގެ ކައިވެނީގެ ޝައުގުވެރި ވާހަކައެއް

05 ޖޫން 2020

އަމީތާބް ބައްޗަނާއި ޖާޔާ ބައްޗަން 1973 ގައި ކުރި ކައިވެންޏަށް 47 އަހަރު ފުރުނީ މި މަހުގެ 3 ވަނަ ދުވަހު އެވެ. ކައިންޏަށް 47 އަހަރު ފުރުމާކޮށް ދިމާކޮށް އަމީތާބް ވަނީ އިންސްޓަގްރާމްގައި ކައިވެންޏާ ބެހޭ ވަރަށް ޝައުވެރި ވާހަކައެއް، ވަރަށް ކުރުކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމީތާބް ބައްޗަނާއި ޖާޔާ ބައްޗަން 1973 ގައި ކުރި ކައިވެންޏަށް 47 އަހަރު ފުރުނީ މި މަހުގެ 3 ވަނަ ދުވަހު އެވެ. ކައިންޏަށް 47 އަހަރު ފުރުމާކޮށް ދިމާކޮށް އަމީތާބް ވަނީ އިންސްޓަގްރާމްގައި ކައިވެންޏާ ބެހޭ ވަރަށް ޝައުވެރި ވާހަކައެއް، ވަރަށް ކުރުކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.

އޭގައި ބުނެފައިވާ ގޮތުން ކުރިން ރާވާފައި އޮތް ގޮތަށް ވުރެ ކުރިން ކައިވެނިކުރަން "މަޖުބޫރުވީ" ބައްޕައާ ހެދި އެވެ. އަމީތާބު ބުނި ގޮތުގައި ކައިވެނިކުރި އަހަރު ރިލީޒްކުރި ފިލްމު "ޒަންޖީރު" ކާމިޔާބު ފިލްމަކަށްވެއްޖެ ނަމަ ނިންމައިގެން ތިބީ އެކުވެރިންނާ އެކު ފުރަތަމަ ފަހަރަށް ލަންޑަނަށް ދަތުރެއް ކުރާށެވެ.

އެކަން އެނގިގެން އަމީތާބްގެ ބައްޕަ އަދި ޅެންވެރިޔާ ހަރީވަންޝް ރާއީ ބައްޗަންގެ ސުވާލަކަށްވީ ދާން ތި އުޅެނީ ކޮން ތަނަކަށްތޯ އެވެ؟ ވަރަށް ނޫން ކަމަށް ހެދިފައި ކާކާ އެކީގައިތޯ އެހުމުން ކައިވެނިކޮށްފައި ނޫނީ އެއްވެސް ތާކަށް ނުދެވޭނެ ކަމުގެ "އިންޒާރު" ބައްޕަ ދިން ކަމަށް އަމީތާބް ބުންޏެވެ.

އެހެންވެ އެ "އިންޒާރަށް" ބޯލަނބައި ޖޫން 3، 1973 ގައި ޖަޔާ ކައިވެނިކުރީ ކަމަށް ބުންޏެވެ.

ޕްރަކާޝް މެހެރާ ޑައިރެކްޓްކުރި "ޒަންޖީރަކީ" އަމީތާބުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި އެ ފިލްމަކީ އޭނާ އާއި ޖަޔާ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. ޖާޔާ އާއި އަމީތާބު އެކީގައި ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި 1972 ގެ "ބަންސީ ބިރްޖޫ" އާއި "އޭކް ނަޒަރު" އާއި އަބިމާން (1973) އާއި ޗުޕް ކޭ ޗުޕްކޭ (1975) އާއި ސިލްސިލާ (1981) ހިމެނެ އެވެ.

ދެ ތަރިން އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2001 ގެ "ކަބީ ޚުޝީ ކަބީ ޢަމް" އެވެ. ބުނެވޭ ގޮތުން ޔާޝް ޗޯޕްޅާ 1981 ގައި ގެނެސްދިން "ސިލްސިލާ" އަކީ އަމީތާބާއި ޖާޔާގެ އަމިއްލަ ހަޔާތަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. ރޭކާ ވެސް މުހިއްމު ރޯލެއް ކުޅުނު އެ ފިލްމަކީ ކައިވެނީގެ ބޭރުން ފިރިއަކު ހިނގާ ލޯބީގެ ގުޅުމެއް ދައްކުދައިދިން ފިލްމެކެވެ.

އަމީތާބާއި ޖަޔާ ކައިވެކުރި ފަހުން ވެސް ރޭކާ އާއި އަމީތާބްގެ ލޯބީގެ ގުޅިގަނޑުގެ ވާހަކަ އަކީ އޭރު ވަރަށް ހޫނުކޮށް ދެކެވުނު ވާހަކަ އެވެ. މި މައްސަލަގަނޑުގެ ތެރޭގައި އަމީތާބާއި ޖަޔާ ވަރިފަށާ ހަމައަށް ވެސް ނުގޮސް ސަލާމަތްވީ ކިރިޔާ ކަމަށްވެ އެވެ. ރޭކާ އާއި އަމީތާބު އެކީގައި ފިލްމުތައް ކުޅުނު ޒަމާނުގައި ދެ މީހުން ވަރަށް ގަނޑުގަތް ވާހަކަ އަކީ މިހާރު ވެސް ބައެއް މީހުން ގޮސިޕަކަށް ދައްކާ ބޮލީވުޑްގެ ބާބުގެ ތެރެއިން ބާބެކެވެ.

ކޮންމެއަކަސް އަމީތާއި ޖަޔާގެ ކައިވެންޏަކީ ބޮލީވުޑްގެ ދެމެހެއްޓުނު ކާމިޔާބު ކައިވެނީގެ ތެރެއިން ކައިވެންޏެކެވެ. އެ ކައިވެންޏަށް ލިބުނީ ދެ ކުދިންނެވެ. އެއީ ޝްވޭތާ ބައްޗަން، 46، އާއި އަބީޝެބް ބައްޗަން، 44، އެވެ.

މިހާރު އުމުރުން 77 އަހަރުގެ އަމީތާބާއި ޖަޔާ، 72، ގެ ތިން މާމަ/ކާފަ ދަރިން އެބަ ތިއްބެވެ. އެއީ ޝްވޭތާގެ ދެ ދަރިން ކަމަށްވާ ނަވިއާ ނަވޭލީ ނަންދާ، 23، އާއި އަގަސްޓިއާ ނަންދާ، 19، އެވެ. އަބީޝެކާއި ބަތަލާ އައިޝްވާރިއާ ރާއީގެ ދަރިފުޅު އާރަދިއާ ބައްޗަނަށް މި އަހަރު 9 އަހަރު ފުރޭނެ އެވެ.

އަމީތާބާއި ޖަޔާގެ އާއިލާ އަކީ ވަރަށް އުފާވެރި، ގުޅުން ބަދަހި ނަމޫނާ އާއިލާއެކެވެ.