އެންމެ ހެޔޮ އަގުގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"އިގެ އީ-ސްޓޯރުން އަތޮޅުތަަކަށް ވެސް ހޯލްސޭލް ކުރަން ފަށައިފި އެވެ.
31 މެއި 2020
އެންމެ ހެޔޮ އަގުގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"އިގެ އީ-ސްޓޯރުން އަތޮޅުތަަކަށް ވެސް ހޯލްސޭލް ކުރަން ފަށައިފި އެވެ.
އެ ފިހާރައިން ވަނީ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި، އެ ފިހާރައިގެ ވެބްސައިޓު www.kukulhufihaara.com މެދުވެރިކޮށް ހޯލްސޭލް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 100 ވަނަ ކަސްޓަމަރަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މިއީ ހޯލްސޭލަރުން އާއްމުކޮށް ގަންނަ އަދަދަށް ބަލާއިރު ވަރަށް ބޮޑު ޑިސްކައުންޓެކެވެ.
ކުކުޅު ފިހާރައިން މިހާރު ވެސް ހޯލްސޭލަރުންނަށް 20-30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދެ އެވެ. އެހެންކަމުން 100 ވަނަ ކަސްޓަމަރަށް ޖުމްލަ ބިލުގެ 40-50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެ ފިހާރައިން އޯޑަރު ކުރާ ކަސްޓަމަރުންގެ އަދަދު ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
އެ ފިހާރައިން ބުނި ގޮތުގައި މިހާރު ވެސް ގިނަ އަދަދެއްގެ އޯޑަރު ލިބެ އެވެ. ފޯނުން ގުޅައިގެން އޯޑަރުކުރުމުން ޚިދުމަތް ލަސްވާތީ އެ ފިހާރަ އިން އެދެނީ އޮންލައިންކޮށް އޯޑަރު ކުރުމަށެވެ.
މިދިޔަ އޭޕްރިލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ ފިހާރައިން ވިއްކާ ހުރިހާ ތަކެއްޗެއްގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން 800 ގްރާމް ކުކުޅު ކޭހެއް ހޯލްސޭލްކޮށް 224ރ. އަށް، 900 ގްރާމް ކުކުޅު ކޭހެއް 252ރ. އަށް މިހާރު ލިބޭނެ އެވެ. އަދި 1،000 ގްރާމް ކޭހެއް 280ރ. އަށް، 1،100 ގްރާމް ކޭހެއް 308ރ. އަށް، 1،200 ގްރާމް ކުކުޅު ކޭހެއް 337ރ. އަށް، 1،300 ގްރާމް ކުކުޅު ކޭހެއް 364ރ. އަށް ލިބޭ އިރު 1،400 ގްރާމު ކުކުޅު ކޭހެއް 393ރ. އަށް ލިބޭނެ އެވެ. ކުކުޅު ކޭހެއްގައި އިންނާނީ 10 ކުކުޅެވެ.
ކުކުޅުގެ އިތުރުން ސޮސެޖާއި ބޯންލެސް ޗިކަން އާއި ޗިކަން ޑްރަމްސްޓިކް ކޭސް ވެސް އެ ފިހާރައިން ލިބޭނެ އެވެ. މީގެ އިތުރުން ފިޔާ، އަލުވި، ބިހާއި ތަރުކާރީ އާއި ޗީޒްގެ ބާވަތްތައް ވެސް އެފިހާރައިން ލިބޭނެ އެވެ.
ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި 500ރ. މތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.
ކުކުޅު ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް
އެމްއެޗްއޭއިން ވިޔަފާރިކުރުމުން 5 ޕަސެންޓް ޖީބަށްް
ބިޔޯންޑުން "ޒާރާ"ގެ ހޯލްސޭލް ޕްރޮމޯޝަނެއް ފަށައިފި
ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަނީ
"މޮލިންޑޯ"ޕޭސްޓްރީ، ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް
ކުޑަކުދިންނަށް ހާއްސަ "ފަން ގޯ" ޖޫސް ދަ ބާސްކެޓުން
ކުކުޅު ފިހާރަ އިން އަނެއްކާވެސް ތަކެތި އަގުހެޔޮ ކޮށްފި
ބީއެޗްއެމުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ
ގޯޕްރައިމް: ރީޓެއިލް/ހޯލްސޭލް ފިހާރަތައް އެއްތަނަކުން
ކުކުޅު ފިހާރައިން އީދު ހަދިޔާއާއެކު ބޮޑު ޕްރޮމޯޝަނެއް