Roadha Mihaaru
ފަތުހުﷲ އަށް ޑިރެކްޓަރުންގެ މުސާރަ ނުދޭން ފާސްކޮށްފި

މީރާގެ ކޮމިޝަނަރަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއްގެ މުސާރަ ދޭން ނުފެންނަ ކަމަށް ނިންމައިފި

09 ޖޫން 2020

ޓެކްސް ގާނޫނުގެ ދެ ވަނަ އިސްލާހަށް އަމަލު ކުރަން ފެށުމުން އަލަށް އެކުލަވައިލި މީރާގެ ޑިރެކްޓަރުންގެ ބޯޑުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނި ވަޑައިގަންނަވަނީ، ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި މަގާމުގެ ހައިސިއްޔަތުން ކަަމަށް ވާތީ އޭނާއަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއްގެ މުސާރަ ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޓެކްސް ގާނޫނުގެ ދެ ވަނަ އިސްލާހަށް އަމަލު ކުރަން ފެށުމުން އަލަށް އެކުލަވައިލި މީރާގެ ޑިރެކްޓަރުންގެ ބޯޑުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނި ވަޑައިގަންނަވަނީ، ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި މަގާމުގެ ހައިސިއްޔަތުން ކަަމަށް ވާތީ އޭނާއަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއްގެ މުސާރަ ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން އެގޮތަށް ފާސް ކުރީ މީރާގެ ބޯޑުގެ މެންބަރުންނަށް މުސާރަ ދިނުމުގައި އަމަލު ކުރާނެ އުސޫލަކާ ގުޅޭ ގޮތުން ލަފައަކަށް އެދި ހުށަހެޅުމުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މިއަދު ފާސް ކޮށްގެންނެވެ. އެ ރިޕޯޓް ފާސް ކުރީ ވޯޓްގައި ބައިިވެރިވެ ވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވަނީ އާ ކޮމިޝަނާ ޖެނެރަލް، ފަތުހުﷲ ޖަމީލު ބޯޑްގައި އިންނަވަނީ މަގާމުގެ ހައިސިއްޔަތުން ކަމުގައި ވާތީ އޭނާ އަށް ލިބޭ މުސާރައިގެ އިތުރަށް ޑިރެކްޓަރުން ބޯޑުގެ މެމްބަރުންގެ މުސާރަ ދިނުމަށް ނުފެންނަ ކަމަށެވެ.

ޓެކްސްއާ ގުޅޭ ސިޔާސަތުތައް ބެލުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތެއްގެ ގޮތުން ބޯޑްގެ ޗެއާޕާސަނަކަށް ހުންނަވާ މީހަކަށް، ޗެއާޕާސަންގެ މުސާރަ ދިނުމަށް ފެންނަ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

އަދި ރިޕޯޓްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވައި މީހެއްގެ ގޮތުން ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި މީހަކު އައްޔަންކުރުމާއެކު، އެ ތާރީހުން ފެށިގެން ކުރީގެ ކޮމިޝަނާ ޖެނެރަލަށް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ މުސާރަ ދިނުމަށް ނުފެންނަ ކަމަށެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންއަށް މުސާރާގެ ގޮތުގައި ކަނޑައަޅައިފައިވަނީ 17،000ރ. އެވެ. އަދި ޑިރެކްޓަރުން ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަނަށް 16،000ރ. ކަނޑައަޅާފައިވާއިރު ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށް މަހަކު 15،000ރ. ވަނީ ކަނޑައަޅައިފަ އެވެ.

މިއަދު މަޖިލީހުން ވަނީ ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަށް މުސާރާގެ ގޮތުގައި މަހަކު 35،000ރ. ދޭން މާލިއްޔަތު ކޮމެޓީން ނިންމި ރިޕޯޓް ވެސް ފާސްކޮށްފަ އެވެ. އެ ރިޕޯޓް ވެސް ފާސްކުރީ ވޯޓްގައި ބައިިވެރިވެ ވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

Ombudsperson ge musaaara kanboduvumakah, ekamaku 35,000 rf. dheyn faas koffi

Ombudsperson ge musaaara kanboduvumakah, ekamaku 35,000 rf. dheyn faas koffi

The most trusted news source in the Maldives

Mihaaru

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަށް 35،000ރ. ދޭން ކޮމެޓީން ފާސްކުރުން

މިދިޔަ އަހަރު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރާ މިންވަރު ބެލުމަށް މިނިވަން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް ހުންނަން ޖެހޭނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު އެ މަގާމަށް އަދި ބޭފުޅަކު އައްޔަނެއް ނުކުރައްވަ އެވެ. ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މުސާރަ ކަނޑައެޅުމާ މެދު ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީ އަށް ލަފާ ދިނީ އެހެން މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް ދޭ މިންވަރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 45،000ރ. ދިނުމަށެވެ. ނަމަވެސް ކޮމެޓީން ފާސް ކުރީ މުސާރަ އަށް 25،000ރ. ދިނުމަށާއި އިތުރު އެލަވަންސްގެ ގޮތުގައި 10،000ރ. ދިނުމަށެވެ.

އޮމްބަޑްސްޕާސަނަށް 35،000 ދޭން ފާސް ކުރިއިރު، ކޮވިޑް-19 އާ ގުޅިގެން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މަގާމުތަކުގެ މުސާރަތަކުގެ 20 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ. ބޮޑެތި މުސާރަ ލިބޭ އެހެން ބައެއް މަގާމުތަކުގެ މުސާރަތައް ވެސް ކުޑަކުރަން ވަނީ ނިންމައިފަ އެވެ.