10 ޖޫން 2020
ތާރު އަޅައިގެން ހަދާ އައްޑޫ ހުޅުދޫ/މީދޫގެ ބޮޑު މަގުގެ 80 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެ މަގުގެ މަސައްކަތްތައް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ.
ތާރު އަޅައިގެން ހަދާ އައްޑޫ ހުޅުދޫ/މީދޫގެ ބޮޑު މަގުގެ 80 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެ މަގުގެ މަސައްކަތްތައް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ، 2.2 ކިލޯމީޓަރުގެ މަގުގައި 50 މިލިމީޓަރުގެ ބޯ މިނުގައި ތާރު އަޅާފައިވާ ކަމަށެވެ.
އައްޑޫގައި މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދޫ/މީދޫގެ ބޮޑު މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާ އިރު، އެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ ސްޓޯމް ވޯޓާ މެނޭޖުމެންޓް ސިސްޓަމް ގާއިމްކުރުމާއި ޕޭވްމަންޓްތައް ހެދުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ޒިބްރާ ކްރޮސިން ގާއިމްކޮށް، ގަސް އިންދަން ހާއްސަ ސަރަހައްދުތައް ހެދުމެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ފެށި މަޝްރޫއު އޮގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ ކަމަށް އެމްޓީސީން ބުންޏެވެ. ޖުމްލަ 42.5 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު ސަރުކާރު ހިއްސާވާ އެމްޓީސީސީއާ ހަވާލުކުރީ މާޗް 27، 2019 ގަ އެވެ. އަދި އަމަލީ މަސައްކަތްތައް ފެށީ އެޕްރީލް 1، 2019 ގަ އެވެ.
ހުޅުދޫ/މީދޫގެ ބޮޑުމަގުގައި ތާރު އެޅި އިރު، ކުރިން އެ ދެ އަވަށުގެ ބައެއް މަގުތަކުގައި ގާ އަތުރައިގެން ވެސް ހަދާފައިވެ އެވެ.
އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ވެސް މިހާރު ތާރު އެޅި މަގުތަކެއް ހުރި އިރު، މަގުތައް ހެދުމުގެ އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާވާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް 25 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއެއް ހިމެނެ އެވެ.
މިފްކޯގެ ހުޅުމީދޫ ބަނދަރުގެ މަސައްކަތް ފަށައިފި
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
ހުޅުދު އާއި މީދޫގައި ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު 29 އަށް
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި