ސިޔާސީ ދާއިރާ އަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ސިޔާސީ ޕާޓީއަކާ ގުޅެން އުޅޭ ކަމަށް ބުނާ ވާހަކަ އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ދޮގުކޮށްފި އެވެ.
14 ޖޫން 2020
ސިޔާސީ ދާއިރާ އަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ސިޔާސީ ޕާޓީއަކާ ގުޅެން އުޅޭ ކަމަށް ބުނާ ވާހަކަ އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކެރީ އާއި އޭނާގެ ދަރިފުޅު އަދިތިޔާ ތަކެތީ ސޯނޫއާ ބައްދަލުކޮށް، އެ މީހުންގެ ޕާޓީ ޝިވް ސެނާއާ ގުޅެން ދައުވަތު ދީފައިވެ އެވެ.
ސޯނޫ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ވާހަކަ ފެތުރިފައި ވަނީ ކޮވިޑް-19އާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު ސްޓޭޓްތަކުގައި ތާށިވެފައި ތިބި އެތައް ބަޔަކު އޭނާގެ އަމިއްލަ ހަރަދުގައި އެ މީހުންގެ އަމިއްލަ ވަޒަނަށް ފޮނުވައިދޭން ފެށި މަސައްކަތުން އެތައް ބައެއްގެ ލޯތްބާއި ތައުރީފު އޮހެމުން އަންނަ ދަނޑިވަޅެއްގަ އެެވެ.
އާންމުކޮށް ފިލްމުތަކުގައި ވިލަންގެ ރޯލް ކުޅޭ ސޯނޫގެ މި ދީލަތި އެހީތަކާ އެކު ގިނަ ބަޔަކު މިހާރު އޭނާ ސިފަކުރަނީ "ހަގީގީ ހީރޯއެއް" ގެ ގޮތުގަ އެވެ.
"އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ވެސް ނެތް. އަހަރެން ގަބޫލުކުރާ ގޮތުގައި ސިޔާސީ ދާއިރާ އަށް ނުނިކުތަސް ރައްޔިތުންނަށް ހިދުމަތްކުރެވޭނެ ގޮތްގޮތް އެބަހުރި."
ބައެއް ނޫސްތަކުން ބުނިގޮތުގައި ވެރިކަންކުރާ ބީޖޭޕީން ވެސް ސޯނޫ އަށް އެ ޕާޓީއާ ގުޅުމުގެ ދައުވަތު ދީފައިވާ އިރު، ވެރިރަށް ނިއު ދިއްލީގެ ސެންޓްރަލް ސަރުކާރުގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލްގެ އާމް އާދުމީ ޕާޓީން ވެސް ސޯނޫ އަށް ޕާޓީއާ ގުޅެން ދައުވަތު ދީފައިވެ އެވެ.
This evening @SonuSood met up with @CMOMaharashtra Uddhav Thackeray ji along with Minister @AslamShaikh_MLA ji and me. Better Together, Stronger Together to assist as many people through as many people. Good to have met a good soul to work for the people together. pic.twitter.com/NrSPJnoTQ6
— Aaditya Thackeray (@AUThackeray) June 7, 2020
ނަމަވެސް ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ 46 އަހަރުގެ އެކްޓަރު ބުނީ ސިޔާސީ ދާއިރާއަކީ އޭނާގެ އެއްވެސް ޝައުގެއް ހުރި ދާއިރާއެއް ނޫން ކަމަށެވެ.
"އެހެންވީމަ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ވެސް ނެތް. އަހަރެން ގަބޫލުކުރާ ގޮތުގައި ސިޔާސީ ދާއިރާ އަށް ނުނިކުތަސް ރައްޔިތުންނަށް ހިދުމަތްކުރެވޭނެ ގޮތްގޮތް އެބަހުރި،" އޭނާ ބުންޏެވެ. "އަހަރެން މިހާރު މި މަސައްކަތްކުރާ ގޮތަށް އަބަދު ވެސް މަސައްކަތްކުރާނަން."
ސޯނޫ ބުނި ގޮތުގައި ވަކި ސިޔާސީ ޕާޓީއަކާ އޭނާ ގުޅެން އުޅޭ ކަމަށް އަޑު ފަތުރަނީ ފަހަރުގައި ކުރާ މަސައްކަތުގެ ފޯކަސް ގެއްލުވައިލުމުގެ ގޮތުން ކަމަށް ވެދާނެ އެވެ. އެކަމަކު އެކަހަލަ ބޭކާރު ކަންކަމާ ދޭތެރޭ އުޅުމަށް ވުރެ، ގައުމުގައި ރައްޔިތުންނަށް ބޭނުން ޖެހިފައި ހުރި ކަންކަމާ އުޅުން މާ ބުއްދިވެރި ކަމަށް ބުންޏެވެ.
މިހާތަނަށް ފިލްމު ކުޅެގެން ނުލިބޭވަރުގެ މަޝްހޫރުކަމަކާއި ލޯބި ސޯނޫ އަށް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހިވާން ފެށުމުން ލިބިފަ އެވެ. އަދި ބައެއް މީހުން އަންނަނީ އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް ވެސް ހެދުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ބުނަމުންނެވެ.
އިންޑިއާގެ ފިލްމީ ތަރިން ސިޔާސީ ދާއިރާ އަށް ނުކުތުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މިހާރު ވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެމްބަރުކަން ބައެއް ފިލްމީ ތަރިން އަންނަނީ އަދާކުރަމުންނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ސީޔާސީ ދާއިރާ އަށް ނުކުތް އެކްޓަރު ސަނީ ޑިއޯލް ހިމެނެ އެވެ.
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ
ސުމިރްތީ: އެކްޓިންއިން ސިޔާސީވެ، މިހާރު ލިޔުންތެރިއެއް
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
ސިޔާސީ ދާއިރާއަކުން ނުފެންނާނެ: އަނޫޕަމް
ރޭކާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ކައިވެނިކުރަން އުޅުނު
ކަމަލް ހަސަން ފިލްމު ކުޅުމާ މެދު ދެވަނަ ވިސްނުމަކަށް
ދަރުމެންދުރާގެ އާއިލާ އަށް ދަނޑުވެރިންގެ އިންޒާރެއް
ކޮންގްރެސް ޕާޓީއާ ވަކިވި އުރްމިލާ ޝިވް ސެނާ އަށް
މޯދީ މަގާމުން ދުރުކުރަން "އިންޑިއާ" އިއްތިހާދު