Roadha Mihaaru
ސުމިރްތީ: އެކްޓިންއިން ސިޔާސީވެ، މިހާރު ލިޔުންތެރިއެއް

ސުމިރްތީ: އެކްޓިން އިން ސިޔާސީވެ، މިހާރު ލިޔުންތެރިއަކަށް

20 ނޮވެމްބަރ 2021

ސުމިރުތީ އިރާނީ އާންމުންގެ ތެރޭގައި މަޝްހޫރުވީ މިގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫތީ" އިންނެވެ. އޭގައި އޭނާ ކުޅުނު ތުލްސީގެ ރޯލާ އެކު އާދައިގެ މީހުން ސުމިރުތީ މިހާރު ވެސް ދަންނަނީ ތުލްސީގެ ގޮތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސުމިރުތީ އިރާނީ އާންމުންގެ ތެރޭގައި މަޝްހޫރުވީ މިގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫތީ" އިންނެވެ. އޭގައި އޭނާ ކުޅުނު ތުލްސީގެ ރޯލާ އެކު އާދައިގެ މީހުން ސުމިރުތީ މިހާރު ވެސް ދަންނަނީ ތުލްސީގެ ގޮތުގަ އެވެ.

ފަހުން އެކްޓިން ދޫކޮށްލައި އޭނާ ނުކުތީ ސިޔާސީ ދާއިރާއަށެވެ. ސުމިރުތީ އަކީ މިހާރު އިންޑިއާގެ ނުފޫޒު ސިޔާސީ އަންހެނުންގެ ތެރެއިން އެކެކެވެ. ވެރިކަން ޕާޓީގެ މެމްބަރެއްގެ ގޮތުގައި އޭނާ އަކީ މިހާރު ޔުނިއަން މިނިސްޓަރެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރެކެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގައި ސުމިރުތީ، 45، ކުރިން ވެސް އެހެން މިނިސްޓްރީތައް ހިންގާފައިވެ އެވެ. އަދި އޭނާ ގާނޫނު ހަދާ މަޖިލީޖުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރުކަން ވެސް ކޮށްފައިވެ އެވެ.

ސިޔާސީ ޝަހުސިއްޔަތެއްގެ ގޮތުގައި ގިނަ ބަޔަކު ސުމިރްތީ ބަލައިގެންފައިވާ އިރު، މި ފަހަރު އޮތީ އޭނާގެ އަނެއްކާވެސް އެހެން ފަންނެއްގެ ވާހަކަ އެވެ.

މިހާރު ލިޔުންތެރިކަށް ވެސް ބަދަލުވީ އެވެ. ފުރަތަމަ ފޮތަކީ މި މަހުގެ 29 ގައި ނެރެން ނިންމާފައިވާ "ލާލް ސަލާމް" އެވެ. މިއީ އެޕްރީލް 2010 ގައި ދަންޓެންވާޅާފައި އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް) ގެ 76 އޮފިސަރަކު މަަރާލި ހާދިސާއަށް ބިނާކޮށް ލިޔެފައިވާ ވަތަނީ ފޮތެކެވެ. މި ގެނެސްދީފައި އޮތީ ހިޔާލީ ކެރެކްޓާއެއް ކަމަށްވާ ޒުވާން އޮފިސަރެއް ކަމަށްވާ ވިކްރަމް ޕްރަތާބް ސިންގް އަށް ކުރިމަތިލާން ޖެހޭ ގޮންތަކާ އެކު ވެސް، ޒިންމާ އަދާކުރަން ކުރާ ހިތްވަރަށެވެ.

"ލާލް ސަލާމް" އާ ބެހޭ ގޮތުން ސުމިރުތީ ބުނީ ފޮތެއްގެ ސިފައިގައި އެ ހާދިސާ ގެނެސްދިނުމަކީ ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި ހިޔާލެއް ހަގީގަތަކަށްވުން ކަމަށެވެ.

"އެންމެ ފަހުން މި މަސައްކަތް އާންމުންނަށް ދޫކޮށްލެވޭތީ ވަރަށް ހިތްހަމަޖެހިފައި މި ހުރީ. މިއީ ގައުމަށް ހިދުމަތް ކުރި ބައެއްގެ ހަނދާންތައް އާކޮށްދޭނެ ސޮފުތާތަކެއް،" އޭނާ ބުންޏެވެ. "އުންމީދު ކުރަނީ ހާދިސާއާ ބެހޭ ގޮތުން އާންމުންނަށް ނޭނގި ހުރި ވަރަށް ގިނަ ވާހަކަތައް ވެސް ހިމެނޭނެ ކަމަށް."

"ލާލް ސަލާމް" ނެރެނީ ޕަބްލިޝިން ހައުސް ވެސްޓްލޭންޑްގެ ތައްގަނޑުގަ އެވެ.

އަމިއްލަ އަށް ލިޔެފައިވާ ފޮތެއް ނެރޭ އިރު، ސިޔާސީ ދާއިރާ އަށް ނުކުތް ފަހުން ސުމިރުތީގެ ހަށިގަނޑަށް އައި ބޮޑު "ބަރުހެލިކަން" ވެސް ދުއްވާލައި މިހާރު އޭނާ ހުރީ ވަރަށް ބޮޑަށް ލޫޅާފަތިފެ އެވެ. ތިން ކުދިންގެ މަންމަ ހިކެން ކުރި މަސައްކަތަކީ ވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ސުމިރުތީ އަކީ 1998 ގައި މިސް އިންޑިއާ މުބާރާތުގައި ވެސް ވާދަކުރި މީހެކެވެ.