ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ބޮޑަށް ދަރާފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ހަމަޖައްސައިފި އެވެ.
28 ނޮވެމްބަރ 2023
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ބޮޑަށް ދަރާފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ހަމަޖައްސައިފި އެވެ.
އޭނާ އެ ދާއިރާގެ މެންބަރު ކަން ކުރެއްވީ 2014 އިން 2019 އަށެވެ.
ޕީޕީއެމް/ޕީއެންސީގެ ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ކުރިން މުއާޒު ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ މަތީ ތައުލީމު ހާސިލު ކުރެއްވީ އާކިޓެކްޗާގެ ދާއިރާއިންނެވެ. އާކިޓެކްޓެއްގައި ގޮތުގައި ފަހުން އުޅުއްވީ އަމިއްލަ މަސައްކަތްތަކުގަ އެވެ.
މުއާޒަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު ވެސް މެ އެވެ.
ފެނަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި އެއް ކުންފުންޏެވެ. އެ ކުންފުނީގައި 7،300 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 2،000 އެއްހާ މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުން އެބަ ތިއްބެވެ.
ކުރީ ސަރުކާރުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު ސައީދެވެ. މަގާމުން ވަކިވުމުގެ ކުރިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ކުންފުނީގެ ދަރަނި 1.9 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އެމްޓީޑީސީގެ އެމްޑީއަކަށް ނިޔާޒް
އެންސްޕާގެ ސީއީއޯއަކަށް ހީނާ
އެމްއޭސީއެލް އަށް ޝަރީފް
އެމްޓީސީސީގެ އެމްޑީއަކަށް ޒިޔާދު
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު
އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް އިޔާސް
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝިމާދު
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް
އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ ހަމަޖައްސަވައިފި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ