Roadha Mihaaru
ޓޫރިސްޓުންގެ އަތުން އާ ފީއެއް ނުނަގަން ފާސްކޮށްފި

ކޮވިޑް-19 އާ ގުޅުވައިގެން ޓޫރިސްޓުންގެ އަތުން އާ ފީއެއް ނުނަގަން މަޖިލީހުން ފާސްކޮށްފި

17 ޖޫން 2020

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާއިރު، މީގެ ކުރިން ނަގަމުން އައި ޓެކްސްތަކާއި ފީތަކުގެ އިތުރުން ޚާއްސަ އެއްވެސް ޓެކްސްއެއް އަދި ފީއެއް ނަގަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާއިރު، މީގެ ކުރިން ނަގަމުން އައި ޓެކްސްތަކާއި ފީތަކުގެ އިތުރުން ޚާއްސަ އެއްވެސް ޓެކްސްއެއް އަދި ފީއެއް ނަގަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިން، މަޖިލީހުގެ ލަފަޔަކަށް ފޮނުވުމުން އިގްތިސާދީ ކޮމިޓީން ފާސް ކޮށްފައި ވަނީ ރާއްޖެ އަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ކޮންމެ ރެއަކަށް "ޓޫރިޒަމް ކޮވިޑް-19 ޓެކްސް"ގެ ގޮތުގައި އަށް ޑޮލަރު ނެގުމަށެވެ.

މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓު ފޮނުވުމުން މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ޓެކްސް ނެގުމާ ދެކޮޅު ހައްދަވައިފަ އެވެ. އެހެން ކަމުން މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ރިޕޯޓް ބަދަލު ކޮށްފަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް، ހުށަހެޅުއްވީ އަށް ޑޮލަރު ނެގުމަށް ލަފާ ދޭން ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވާ ޕޮއިންޓް އުނިކޮށް، މިހާތަނަށް ނަގަމުން އައި ފީއެއް ނުވަތަ ޓެކްސްއެއްގެ އިތުރަށް އެއްވެސް އިތުރު އެއްޗެއް ނުނެގުމަށެވެ. ކަރަންޓީން ނުވެ ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަސްލަމް ހުށަހެޅުއްވި އެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.

އެ އިސްލާހު ގެންނަން ފާސްކުރީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. އިސްލާހާއެކު، ރިޕޯޓް ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވަން ފާސްކުރީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

Tourism guideline gai himeni fee thah nunagan ninmaifi

Tourism guideline gai himeni fee thah nunagan ninmaifi

The most trusted news source in the Maldives

Mihaaru

ފުރަތަމަ ހިމެނި ފީތައް ނުނަގަން ޓޫރިޒަމުން ނިންމުން

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ރިޕޯޓް ފާސްވުމާ ގުޅިގެން، ކޮވިޑް-19 ގެ ކުރިން ޓޫރިސްޓުންގެ އަތުން ނަގަމުން އައި ޓެކްސްގެ އިތުރުން އިތުރު ފީއެއް ނުވަތަ ޓެކްސްއެއް ނުނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާނެ ކަމަށެވެ. ކަރަންޓީން ނުވެ، ޓޫރިސްޓުންނަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ދަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފައިވާ ގައިޑްލައިނުގައި ހިމަނާފައިވާ ފީތައް ނުނަނަގަން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ނިންމައިފަ އެވެ. އަދި މިއީ ޓޫރިސްޓުންގެ އަތުން އިތުރު ފީތަކެއް ނަގަންވީ ވަގުތު ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އިގްތިސާދީ ކޮމިޓީން ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވި ގޮތުގައި، މިއީ އިތުރު ޓެކްސްތައް ތައާރަފް ކުރަން ޖެހޭ ވަގުތު ނޫނެވެ. އެފަދަ ޓެކްސްތަކުގެ ސަބަބުން ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި މި ގައިޑްލައިނަށް ބަލާއިރު ވެސް އެކި ދިމާދިމާލުން އެކި ގޮތަށް ޓެކްސް ކުރެވޭތަން އެބަ ފެނޭ. މެޑިކަލް އިންޝުއަރެންސް އަކީ ވަރަށް މުހިންމު އެއްޗެއް އޮންނަން. އެކަމަކު މެޑިކަލް އިންޝްއަރެންސް ނަގާނެ މިންވަރެއް. 100 ޑޮލަރުގެ މެޑިކަލް އިންޝުއަރެންސް އެއް އެބައޮތް ލިޔުއްވާފައި،" އަސްލަމް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް ޔޫރަޕަށް ތިން މަސް ދުވަހަށް 90 ޑޮލަރަށް މެޑިކަލް އިންޝްއަރެންސް އެބަ ލިބޭ. އިންޝުއަރެންސް އޮންނަން މުހިންމު. އެކަމަކު ގައިޑްލައިންގައި ވަކި އަދަދެއް އޮތުން ރަނގަޅެއް [ނޫން]."

އަސްލަމް ވިދާޅުވީ، ގެސްޓް ހައުސްއެއްގައި ހުރުމަށް އަންނަ ޓޫރިސްޓް މީހާ ހަމައެކަނި ރާއްޖެ އައުމަށް 200-300 ޑޮލަރު ހަރަދު ކުރަން ޖެހޭ ނަމަ އެއީ "ބޮޑު ވަރެއް" ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިން މަޖިލީހަށް ހުށަހެޅި ފަހުން، އެ މިނިސްޓްރީން ނެރުނު ގައިޑްލައިންގައި އިތުރު ފީތަކެއް ނަގަން ހިމަނާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދިގު މުއްތަކަށް ޗުއްޓީއަށް އަންނަ ޓޫރިސްޓުންނަށް އިނާޔަތްތަކެއް ތައާރަފް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަހަށް އަންނަ ޓޫރިސްޓުންނަށް ހިލޭ ޗުއްޓީގެ ގޮތުގައި ދުވަސްތައް ދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.

އެ ރިޕޯޓްގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގަތުމަށް 47 މެމްބަރުންގެ ވޯޓުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ބިލް ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީން ގުޅިގެން މަސައްކަތް ކުރުމަށް މަޖިލީހުގެ ރައީސް ވަނީ އަންގަވައިފަ އެވެ.