Roadha Mihaaru
ރަކީދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ރަކީދޫ ބަނދަރުގެ މަސައްކަތް ފަށައިފި

21 ޖޫން 2020

ވ.ރަކީދޫގެ ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވ.ރަކީދޫގެ ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން ރަކީދޫ ބަނދަރު ސަރަހައްދު ފުން ކުރުމާއި ބްރޭކްވޯޓާ އާއި ރިވެޓްމެންޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބަނދަރު ސަރަހައްދުގެ ޕޭވްމެންޓް ހެދުމާއި ބޮކި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި މަހުގެ އޮކްޓޫބަރަށް މަސައްކަތް ނިންމަން ޖެހޭ އިރު އެ ކަމަށް 18.5 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުގެ މަސައްކަތްކާއި ބިން ހިއްކުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފަ އެވެ. ގިނަ ޕްރޮޖެކްޓްތަކެއް ހިންގި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުން ލަސްވުމަށް ފަހު އަނެއްކާ ވެސް މަސައްކަތްތައް މިވަނީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ފަށައިފަ އެވެ.

ރަކީދޫ ބަނދަރުގެ މަސައްކަތް

ރަކީދޫ ބަނދަރުގެ މަސައްކަތް

އުމްރާނީ ތަރައްގީގެ ގާތްގަނޑަކަށް 50 ވަރަކަށް ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 62 މިލިއަން ރުފިޔާގެ ފައިދާ ލިބިފަ އެވެ.