Roadha Mihaaru
ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

05 އެޕްރީލް 2021

އެމްޓީސީސީން ވ. ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޓީސީސީން ވ. ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށެވެ.

ރަކީދޫ ބަނދަރު ތަރައްގީ ކުރަން އެ ކުންފުންޏާ ހަވާލުކުރީ 18.5 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އެ ކުންފުނިން ވަނީ އެ ރަށު ބަނދަރުގެ 5،654 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، ދޯނި އެހެލާ ސަރަހައްދުގެ 11،306 ކިއުބިކް މީޓަރު ފުންކޮށްފަ އެވެ. އަދި 198 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި 156 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށިލުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން ބަނދަރުގެ ރިވެޓްމަންޓު ޖެހުމާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ނިންމައިފަ އެވެ.