23 ޖޫން 2020
ރާއްޖެއިން ނުލިބޭ ފަރުވާތައް ހޯދަން ރާއްޖޭން ބޭރަށް ދާންޖެހޭ މީހުން އިންޑިއާ އަށް ގެންދަން އެ ގައުމުން ހުއްދަ ދީފި އެވެ.
ރާއްޖެއިން ނުލިބޭ ފަރުވާތައް ހޯދަން ރާއްޖޭން ބޭރަށް ދާންޖެހޭ މީހުން އިންޑިއާ އަށް ގެންދަން އެ ގައުމުން ހުއްދަ ދީފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއި ދީ، ބޯޑަރު ހުޅުވާލުމާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިކަމުގައި ރާއްޖެއަށް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ އިންޑިއާ ސަރުކާރުން ކަމަށެވެ. އެކަމަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ވާތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވިފައި ތިބި ހާލު ބޮޑު 37 މީހުން އެބަ ތިބި ކަމަށެވެ. އެ މީހުން ފަރުވާ ހޯދަން އިންޑިއާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާ އިން މި ހުއްދަ ދިން ނަމަވެސް އަދި އެ ގައުމުގެ ބޯޑަރު އާންމުކޮށް ހުޅުވައެއް ނުލަ އެވެ.
ރާއްޖެއިން ފަރުވާ ނުދެވޭ ބަލިތަކުގެ ހާލު ބޮޑު މީހުން، އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގައުމުތަކަށް ބޭސް ފަރުވާއަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަން އާސަންދަ ކުންފުނިން އިއުލާންކުރީ މިމަހުގެ 1 ވަނަ ދުވަހު އެވެ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް މިކަމުގެ ހުއްދަ އެހެން ގައުމުތަކުން ހޯދަން ކުރި މަސައްކަތް ލަސްވެފައިވާ ކަމަށް ވެސް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ހުއްދަ ދީފައި ވަނީ ބޭސްފަރުވާއަށް ހަމައެކަނި އިންޑިއާގެ ކޮޗިން އަށް ދާން ކަމަށެވެ. އަދި އަންނަ ހަފުތާގައި އެ ގައުމަށް، ބަލި މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިކަމަށް ޝުކުރު އަދާކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.
Thank you PM @narendramodi, EAM @DrSJaishankar & @HCIMaldives for facilitating travel to India, for patients requiring critical advanced medical treatment.
— Abdulla Shahid (@abdulla_shahid) June 23, 2020
Yet another example of the strong people-to-people connection that is the backbone of ??-?? partnership!
އާސަންދަ އިން ބުނި ގޮތުގައި، ބޭސް ފަރުވާ އަށް ޜާއްޖޭން ބޭރަށް ދާން ޖެހިފައި ތިބި 200 އެއްހާ މީހުން އެބަތިބި ކަމަށެވެ. އެކަމަކު އޭގެ ތެރެއިން މި ވަގުތު ފޮނުވަނީ ހަމައެކަނި ހާލު ބޮޑު އަދި އަވަސް ފަރުވާ އަށް ބޭނުންވާ މީހުންނެވެ. އޭގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ނަގާ މީހުންނާއި ހިތުގެ އޮޕަރޭޝަންތަކާއި ލޮލުގެ އޮޕަރޭޝަންތައް ކުރަން ޖެހިފައި ތިބި މީހުން ވެސް އެބަތިބި ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
މިއީ އިންޑިއާ ކަނޑުގެ ފުންމިންހުރި ގުޅުމެއް: މޯދީ
ރާއްޖެ- އިންޑިޔާ ގުޅުމުގައި ފާހަގަކޮށްލެވޭ ދުވަަހެއް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި
ރާއްޖެ-އިންޑިއާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ
މަޝްރޫއުތައް އަވަސްކުރަން 100މިލިއަން ޑޮލަރުގެ ލޯނެއް
މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި
ރައީސް ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ