25 ޖޫން 2020
ކޮވިޑް-19 އިން ސަލާމަތްވެ، އާންމު ހާލަތަކަށް އައިސްފައިވާ ނިއު ޒިލެންޑްގައި އަޅުވާ ފުރަތަމަ ހިންދީ ފިލްމަކަށް "ގޯލްމާން އެގެއިން" ވެއްޖެ އެވެ.
ކޮވިޑް-19 އިން ސަލާމަތްވެ، އާންމު ހާލަތަކަށް އައިސްފައިވާ ނިއު ޒިލެންޑްގައި އަޅުވާ ފުރަތަމަ ހިންދީ ފިލްމަކަށް "ގޯލްމާން އެގެއިން" ވެއްޖެ އެވެ.
ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ "ގޯލްމާލް" ސީރީޒްގެ ހަތަރު ވަނަ ފިލްމު އެ ގައުމުހެ ސިނަމާތަކުގައި ދައްކަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެންނެވެ. "ގޯލްމާލް އެގެއިން" އަކީ 2017 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ހޮރޯ-ކޮމެޑީއެކެވެ.
މީގެ ކާސްޓުންނަކީ އަޖޭ ދޭވްގަނާއި އަރުޝަދު ވަރުސީ އާއި ތައްބޫ އާއި ކުނާލް ކޭމޫ އާއި ޕަރިނީތީ ޗޯޕްޅާ އާއި ޝްރެޔަސް ތަލްޕަޅޭގެ އިތުރުން ނީލް ނިތިން މުކޭޝް އެވެ.
އޮކްޓޯބަރު 20، 2017 ގައި ރިލީޒްކުރި "ގޯމްލާލް އެގެއިން" އަކީ 72 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އަދި މި ފިލްމަށް ބޮކްސް އޮފީހުގައި 311 ކްރޯޑް ރުޕީސް (41 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ލިޔުންތެރިޔާ ވިލިއަމް ޑަލްރީމްޕަލް ލިޔެފައިވާ ފޮތް "ދި އެނާކީ" ގެ ރައިޓްސް ހޯދުމަށް ފަހު، އެއަށް ބިނާކޮށް ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.
History shall unfold in the most fascinating way! #SiddharthRoyKapur announces an international scale series adaptation of @DalrympleWill's acclaimed global bestseller, #TheAnarchyTheRelentlessRiseofTheEastIndiaCompany#roykapurfilms #series https://t.co/tLt5pmJcrt
— Roy Kapur Films (@roykapurfilms) June 23, 2020
އެ ސީރީޒް ޕްރޮޑިއުސްކުރާނީ ސިދާތު ރޯއި ކަޕޫރްގެ ފިލްމު ކުންފުނި ރޯއި ކަޕޫރް ފިލްމްސްއިންނެވެ. ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާގެ ކުންފުނިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު "ދަ ސްކައި އިޒް ޕިންކް" ހިމެނެ އެވެ.
"ދި އެނާކީ" އަށް ވެބް ސީރީޒެއް ހަދަން ނިންމި ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. މިދިޔަ އަހަރު ނެރުނު "ދި އެނާކީ" އަކީ އިންޑިއާގައި މުގާލްގެ ރަސްކަން އޮތް ޒަމާނާއި އޭގެ ފަހުން ބާރުތައް އައި ގޮތުގެ ވާހަކަ ކިޔައިދޭ ފޮތެކެވެ.
ޝާހިދު ކަޕޫރަށް، ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ފިލްމެއް ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު "ކަބީރު ސިންގް" ކުޅުނު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ތެލެގޫ ފިލްމު "ޖާޒީ" ގެ ހިންދީ ރިމެކެވެ. ޝާހިދަށް ސާޖިދުގެ ފިލްމެއް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުނެފައި ވަނީ އަދި ރިލީޒްނުކުރާ ތަމަޅަ ފިލްމު "ސޫރަރާއި ޕޮއްޓުރޫ" ގެ ހިންދީ ރިމެކް ވެސް އޭނާ އަށް ހުށަހަޅާފައި ވަނިކޮށެވެ.
މީޑިއާތަކުން ބުނީ ސާޖިދު ހުށަހެޅި ސޯޝަލް ޑްރާމާ އަށް އެއްބަސްވުމާ ދޭތެރޭ ޝާހިދު އަދި ގޮތެއް ނުނިންމާ ކަމަށާއި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި މިއީ ކާކު ޑައިރެކްޓްކުރާ ފިލްމެއް ކަމެއް ވެސް ނޭނގެ އެވެ.
ސާޖިދަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ނަދިއަދުވާލާ އެންޑް ގްރޭންޑް ސަން އެންޓަޓައިންމަންޓްގެ ވެރިޔާ އެވެ.
އަބަދަށް ޒުވާން އެކްޓަރު އަނިލް ކަޕޫރް ފިލްމެއްގައި ލީޑް ރޯލް ކުޅުނުތާ 37 އަހަރުވުމާ ގުޅިގެން އެ ފިލްމުގެ ހަނދާންތައް އާކޮށްފި އެވެ.
މިހާރު އުމުރުން 63 އަހަރުގެ އެކްޓަރުގެ އެކްޓަރު ލީޑް ރޯލް ކުޅުނު ފުރަތަމަ ފިލްމަކީ 1987 ގައި ބާޕޫ ޑައިރެކްޓްކޮށް ގެނެސްދިން "ވޯ ސާތު ދިން" އެވެ. އެ ފިލްމުގައި އަނިލްއާ އެކު ބަތަލާގެ ރޯލް ކުޅުނީ ޕަދުމިނީ ކޯލަޕޫރީ އެވެ. ނަސީރުއްދީން ޝާހް ވެސް މުހިއްމު ރޯލެއް ކުޅުނު ފިލްމު ޕްރޮޑިއުސްކުރީ އަނިލްގެ ބައްޕަ ސުރިންދަރު ކަޕޫރާއި ބޭބެ ބޯނީ ކަޕޫރެވެ.
"ވޯ ސާތު ދިން" ގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން އަނިލް ބުނީ އެ ފިލްމަކީ އޭނާގެ ކެރިއަރު ބަދަލުކޮށްލި ފިލްމެއް ކަމަށާއި ހުރިހާ ފޭނުންނަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.
އަނިލް މިހާތަނަށް ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ. އަދި އޭނާ ފާހަގަކުރެވެނީ ހުރިހާ ވައްތަރެއްގެ ރޯލެއް ވެސް މޮޅަށް ކުޅެލާ އެކްޓަރެއްގެ ގޮތުގަ އެވެ.
ހިންދީ ފިލްމާއި އިންޑިއާގެ އެހެން ބަހުރުވަތަކުން މަދު ފިލްމުތަކެއްގެ އިތުރުން އަނިލް ވަނީ ހޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.
"ސިންގަމް 3" ގެ ކުރިން "ގޯލްމާލް 5" ހަދާނެ
"ސިންގަމް 3"ގެ ވިލަންގެ ރޯލަށް އަރުޖުން ކަޕޫރު
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
އަޖޭގެ "ސިންގަމް 3" އަށް ތައްޔާރުވާން ފަށައިފި
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ
"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު
ސަލްމާންގެ ޗުލްބުލް އާއި އަޖޭގެ ސިންގަމް ގުޅިދާނެ
އަކްޝޭ އާއި ކެޓްރީނާގެ ލޯބި ލަވައަކުން