Roadha Mihaaru
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި

އައިއެސްގެ ހަނގުރާމަވެރިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި

21 އޮކްޓޯބަރ 2016

ބަޣުދާދު (އޮކްޓޯބަރު 21) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އިރާގުގެ ކިރްކުކް ސިޓީގެ ސަރުކާރުގެ އިމާރާތްތައް ހަމަލާދީ ފުލުހުންގެ ހަ މީހުންނާއި އާއްމުންގެ 16 މީހުން މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 21) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އިރާގުގެ ކިރްކުކް ސިޓީގެ ސަރުކާރުގެ އިމާރާތްތައް ހަމަލާދީ ފުލުހުންގެ ހަ މީހުންނާއި އާއްމުންގެ 16 މީހުން މަރާލައިފި އެވެ.

މި ހަމަލާތަކުގައި އައިއެސްގެ 12 ހަނގުރާމަވެރިން ވެސް ވަނީ މަރާލައިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަނގުރާމަވެރިން ދަނީ މަގުތަކަށް ނުކުމެ ހަމަލާދެމުންނެވެ. ނިއުސް އެޖެންސީއަކުން ބުނީ އައިއެސް އިން ވަނީ ކިރްކުކުގެ ޓައުން ހޯލާއި ސެންޓްރަލް ހޮޓާ ހިފައިފައި ކަމަށެވެ. އަދި ކިރްކުކުގެ އުތުރުގައިވާ ޕަވާ ޕްލާންޓަކަށް ހަމަލާ ދިން ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ އީރާނުގެ ކުންފުންޏަކުން ހަދަމުންދާ ތަނެކެވެ. ނަމަވެސް އިރާގުގެ އޮޕިޝަލުން އެކަން ދޮގު ކުރެ އެވެ. ކިރްކުކަށް ހަމަލާ ދެމުން ދަނީ އައިއެސް އިން ކަމަށް އެ ސިޓީގެ ގަވަރުނަރު ނަޖުމުއްދީން ކަރީމް ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކިރްކުކުގެ ގަވަރުނަރު ވިދާޅުވީ އެ ސިޓީގެ ހާލަތު މިހާރު ކޮންޓްރޯލުގެ ދަށަށް ގެނެސްފައިވާ ކަމަށް. --ފޮޓޯ:ރޮއިޓާސް

ކިރްކުކުގެ ގަވަރުނަރު ވިދާޅުވީ އެ ސިޓީގެ ހާލަތު މިހާރު ކޮންޓްރޯލުގެ ދަށަށް ގެނެސްފައިވާ ކަމަށް. --ފޮޓޯ:ރޮއިޓާސް

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކިރްކުކުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި މިސްކިތްތައް ބަންދުކޮށްފައި ހުރުމުން އެ ސިޓީގައި މިއަދު ހުކުރު ނަމާދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކިރްކުކް ސިޓީގެ ޑިސްޓްރިކްޓް ފުލުހުންގެ ވެރިއެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ސަރުހާދު ގާދިރު ވިދާޅުވީ އައިއެސްގެ ޖާނުންފިދާވުމުގެ ހަމަލާ ދޭ ބަޔަކު ވަނީ ފުލުހުންގެ ތިން އިމާރާތަކަށާއި ސިޔާސީ ޕާޓީއެއްގެ އޮފީހަށް ހަމަލާދޭން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އެ އެންމެން ވެސް މަރާލާފައިވާ ކަމަށް ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެވެ.

އައިއެސް އިން ކިރްކުކަށް ހަމަލާދީފައި މި ވަނީ އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން އައިއެސްގެ ބާރުން މޫސަލް ސިޓީ ހިފުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. އިރާގު ސިފައިން ބުނީ މޫސަލްއާ ކައިރި ހިސާބުތަކުން މިއަދު ވެސް ދެ އަވަށް ހިފާފައިވާ ކަމަށެވެ.

އައިއެސް އިން މިހާރު ހަމަލާ ދެމުންދާ ކިރްކުކް އޮންނަނީ މޫސަލްގެ އިރު ދެކުނުން 105 މޭލު ދުރުގަ އެވެ.