Roadha Mihaaru
އައިއެސްގެ ލީޑަރުން މޫސަލް އިން ފިލަން ފަށައިފި

އައިއެސްގެ ލީޑަރުން މޫސަލް އިން ފިލަން ފަށައިފި

20 އޮކްޓޯބަރ 2016

ބަޣުދާދު (އޮކްޓޯބަރު 20) - އިރާގުގެ މޫސަލް ހިފަން އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ތަައްޔާރުވަމުންދާ އިރު އެ ސިޓީގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރުން ފިލަން ފަށާފައިވާ ކަމަށް އެމެރިކާގެ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 20) - އިރާގުގެ މޫސަލް ހިފަން އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ތަައްޔާރުވަމުންދާ އިރު އެ ސިޓީގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރުން ފިލަން ފަށާފައިވާ ކަމަށް އެމެރިކާގެ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.

އައިއެސްއާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި އިރާގުގައި ހަރަކާތްތެރިވާ އެއާބޯން ޑިވިޝަނުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ގެރީ ވޮލެސްކޯ ވީޑިއޯ މެދުވެރިކޮށް ޕެންޓަގަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައިއެސްގެ އިސް މީހުން މޮސޫލް އިން ފިލަމުންދާ އިރު އެ ސިޓީގައި ތާށިވެފައި ތިބެން ޖެހިފައި ވަނީ ބޭރު ގައުމުތަކުން ގެނެސްފައިވާ ހަނގުރާމަވެރިން ކަމަށެވެ. އަދި އިރާގު ސިފައިން މޫސަލްއާ ކައިރިވާން ފެށުމުގެ ކުރިން ވެސް އައިއެސްގެ އިސް ފަރާތްތައް ފިލަން މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިފރާގުގެ މޫސުލްގެ ދެކުނުން 30 މޭލު ދުރުގައިވާ ތެޔޮ ވަޅެއްގައި ރޯކޮށްލާފައި. --ފޮޓޯ:އޭއެފްޕީ

އިފރާގުގެ މޫސުލްގެ ދެކުނުން 30 މޭލު ދުރުގައިވާ ތެޔޮ ވަޅެއްގައި ރޯކޮށްލާފައި. --ފޮޓޯ:އޭއެފްޕީ

"މޫސަލްގައި މިހާރު ތިބީ އިއްޔެ އަށް ވުރެ މަދު ހަނގުރާމަވެރިންތަކެއް. އަދި މާދަމާ ތިބޭނީ މިއަދަށް ވުރެ މަދު ހަނގުރާމަވެރިންތަކެއް. އައިސްގެ ހަނގުރާމަވެރިން ގާތު ބުނަމުން މިދަނީ އެ މީހުންގެ ލީޑަރުން ފިލަމުންދާ ވާހަކަ،" ވޮލެސްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސަލްއާ ކައިރިވާ ވަރަކަށް ހަނގުރާމަ ހޫނުވާނެ ކަމަށެވެ. މި ގޮތުން އިރާގު ސިފައިންނާއި ކުރުދީންގެ ޕެޝްމާގާ ހަނގުރާމަވެރިން ހަމަލާދޭ އިރު އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރުތަކުން ވައިގެ ހަމަލާތައް ދެމުންދާ ކަމަށް ވެސް ކޮމާންޑަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މޫސަލް އިން ނުކުންނަ އެންމެން ވެސް ސްކްރީން ކުރާނެ ކަމަށެވެ.

މޫސަލް ހިފަން މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި އިރާގު ސިފައިން ޓޭންކެއްގެ ކައިރީ މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

މޫސަލް ހިފަން މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި އިރާގު ސިފައިން ޓޭންކެއްގެ ކައިރީ މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

"ރޭ ނުވެސް ނިދޭ ބަޑީގެ ހަމަލާތަކުގެ އަޑާ ހެދި. މޫސަލްގައި ވިޔަފާރި ކުރާ އެއްވެސް ތަނެއއް ނެތް ހުޅުވާފައެއް. ގިނަ އާއިލާތަކުން މިހާރު ދަނީ މޫސަލް އިން ނުކުތުމަށް މަސައްކަތް ކުރަމުން،" އޭއެފްޕީއާ ފޯނުން ވާހަކަ ދެއްކި 47 އަހަރުގެ މީހަކު ބުންޏެވެ.

އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ޖޫން، 2014 ގައި އިއުލާންކުރީ މޫސަލްގެ އެންމެ ބޮޑު މިސްކިތުގައި ހުތުބާ ދެމުންނެވެ. މޫސަލް އަކީ އައިއެސްގެ އަތް ދަށުގައި އިރާގުން މިހާރު އޮތް ހަމައެކަނި ސިޓީ ވެސް މެ އެވެ.