03 އެޕްރީލް 2020
ކޮރޯނާވައިރަހާ ހެދި ގައުމު މި ވަގުތު ލޮކްޑައުންއަކަށް ގޮސް، ކުރަމުން އައި މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި ވާތީ ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް މި ދުވަސްކޮޅު ގޭގައި ހުރެގެން އޮންލައިން ކޯހެއް ހަދަން ފަށައިފި އެވެ.
ކޮރޯނާވައިރަހާ ހެދި ގައުމު މި ވަގުތު ލޮކްޑައުންއަކަށް ގޮސް، ކުރަމުން އައި މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި ވާތީ ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް މި ދުވަސްކޮޅު ގޭގައި ހުރެގެން އޮންލައިން ކޯހެއް ހަދަން ފަށައިފި އެވެ.
އޭނާ މިކަމުގައި އުޅެމުން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ އިރު، ދައްތަ ޝާހީން ބަޓް ވެސް ވަނީ އާލިއާ ކޯހުގައި އިންދައި ނަގާފައިވާ ފޮޓޯއެއް ކެޕްޝަނަކަށް "ރައިޓާޒް ރޫމް" ޖަހާފައި އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.
ހުނަރުވެރި ބަތަލާ ހަދަމުން އަންނަނީ ކްރިއޭޓިވް ރައިޓިން ކޯހެކެވެ. އާލިއާ، 27، ބުނީ ލިޔުމާއި ކިޔުމަކީ އަބަދު ވެސް އޭނާ އަށް ނަފުސާނީ ގޮތުން ލިބޭ ފަރުވާއެއް ކަމަށާއި މަސައްކަތެއް ނުކޮށް މިފަދަ ދަނޑިވަޅެއްގައި ގޭގައި ހުރެގެން އެފަދަ ކަމެއްގައި ޝާމިލުވުމަކީ ތެރަޕީއެއް ކަމަށެވެ.
އުމުރުން 27 އަހަރުގެ ބަތަލާ ބުނީ އަބަދު ވެސް އާ ކަމެއް ކޮށްލުމަކީ ވަރަށް ވެސް މުހިއްމި ކަމެއް ކަމަށާއި ވަގުތު ނުވެގެން ނުކުރެވިފައި ހުރި ކަންކަން މިފަދަ ދަނޑިވަޅެއްގައިކޮށްލައިގެން ވަގުތުގެ ބޭނުން ހިފިދާނެ ކަމަށެވެ.
ކްރިއޭޓިވް ރައިޓިން ކޯހެއް އާލިއާ ހަދަމުން އަންނަ އިރު، އޭނާގެ އާއިލާ އަކީ ވެސް ލިޔުންތެރި ކަމަށް ވަރަށް ލޯބިކުރާ ބަޔަކު ތިބި އާއިލާއެކެވެ. އެގޮތުން ބައްޕަ މަހޭޝް ބަޓަކީ އެތައް ފިލްމެއް ލިޔެ، ޑައިރެކްޓްކޮށް/ޕްރޮޑިއުސްކޮށްފައިވާ މީހެކެވެ. އާލިއާ އެކު މަހޭޝް މި އަހަރު ގެނެސްދޭން ނިންމާފައިވާ "ސަޅަކް 2" އަކީ ވެސް މަހޭޝްގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
މީގެ އިތުރުން އާލިއާގެ އެއްބަނޑު އެއްބަފާ ދައްތަ ޝާހީނަކީ ވެސް ލިޔުންތެރިއެކެވެ. ދެހާސް އަށާރަ ވަނަ އަހަރު އޭނާ ވަނީ އަމިއްލަ އަށް ތަޖުރިބާކުރަން ޖެހުނު ޑިޕްރެޝަންގެ ވާހަކަ ފޮތެއްގައި ސިފައިގައި ނެރެފަ އެވެ. އޭގެ ނަމަކީ "އައި ހޭވް ނެވަ ބީން (އަން) ހެޕިއާ" އެވެ.
ފިލްމުގެ ޝޫޓިންތައް ހުއްޓި ގޭގައި އިންނަން ޖެހުނު އިރު، އާލިއާ ގެންދިޔައީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި "ސަޅަކް 2" ގެ މަސައްކަތްކުރަމުންނެވެ. އަދި ވައިރަހުގެ ބަލިމަޑުކަމާ ހެދި އާލިއާ ބަތަލާގެ ރޯލް ކުޅޭ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ކަރަން ޖޯހަރުގެ "ތަޚުތު" ގެ މަސައްކަތް ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.
ޑިޖިޓަލްކޮށް ޕްރިމިއާކުރާ ބޮލީވުޑްގެ ފިލްމުތައް
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
އާލިއާގެ އެދުމަކަށް ބަންސާލީ ދިނީ ފުރަގަސް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ރަންބީރާއި އާލިއާގެ އެންގޭޖްމަންޓް 29 ގައި؟
ޖޯން ބޮލީވުޑަށް ނެރުނު ބަޓް ކޭމްޕްގެ ފިލްމަކަށް އަލުން
އާލިއާ އާއި ރަންބީރްގެ މި ފޮޓޯ އިން ހާއްސަ މެސެޖެއް
އަހަންނަށް ވުރެ ގިނަ ފައިސާ އާލިއާ ހޯދައިފި: މަހޭޝް
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި؟
ބަތަލާއިންނާއި ޑައިރެކްޓަރުންގެ ކައިވެނި ލިސްޓެއް