Roadha Mihaaru
އައިޖީއެމްއެޗުގެ ނަރުހުންގެ އާ ޔުނީފޯމު

އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމު ދެ އަހަރު ފަހުން ބަދަލުކޮށްފި

12 ޖުލައި 2020

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމް ދެ އަހަރު ފަހުން އަނެއްކާ ވެސް މިއަދު ބަދަލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމް ދެ އަހަރު ފަހުން އަނެއްކާ ވެސް މިއަދު ބަދަލުކޮށްފި އެވެ.

ކުރިއާ ހިލާފަށް އެއްވެސް ޑިޒައިނެއް ނެތް، ނޫކުލައިގެ ޔުނީފޯމުގައި މިއަދު ނަރުހުން ވަނީ ޑިއުޓީ އަށް ނުކުންނަން ފަށައިފަ އެވެ. އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެ ކަމަށް އެ އައިޖީއެމްއެޗުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ، ޑިޒައިނަށް ބަދަލު ގެނައުމުގެ އިތުރުން، އާ ޔުނިފޯމު ހުންނާނީ ރަނގަޅު ކޮލިޓީއެއްގައި ކަމަށާއި ރައްކާތެރިވާނެ ކަމަށެވެ.

އައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް ބަދަލު ކުރުން

މީގެ ކުރިން އެންމެ ފަހުން އައިޖީއެމްއެޗު، ނަރުހުންގެ ޔުނީފޯމު ބަދަލު ކޮށްފައިވަނީ މެއި 12، 2018 ގަ އެވެ. އެއީ ވެސް ވިލު ނޫކުލައިގެ ޔުނީފޯމެކެވެ. އެ ޔުނީފޯމުގައި ހުދު ކުލަ އާއި ވިލު ނޫކުލައިގެ މާތަކެއް ޖަހާފައިވެ އެވެ.

ދެ އަހަރު ތެރޭގައި ނަރުހުންގެ ޔުނީފޯމު ބަދަލުކުރީ ކީއްވެގެންތޯ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެ އެވެ.

ގިނަ ނަރުހުން މިހާރު ޔުނީފޯމު ލަނީ ޑިއުޓީ އަށް ނުކުމެފަ އެވެ. މި ދުވަސްކޮޅު ގެއިން އާ ޔުނީފޯމު ލައިގެން ދިޔަ ކަމުގައި ވިއަސް، އެ ޔުނީފޯމާ އެކު ގެއަށް ނުދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ނަރުހުންނަށް އަންގާފައި ވެ އެވެ.

އެންމެ ކުރިން ނަރުހުން ލީ ހުދު ކުލައިގެ ޔުނީފޯމެކެވެ. މިއީ މި ފަހުން ޔުނީފޯމު ބަދަލުކުރި ތިން ވަނަ ފަހަރެވެ.