Roadha Mihaaru
އައިޖީއެމްއެޗްގެ ޔުނިފޯމް ބަދަލުކުރީ ހަރަދު ކުޑަވާގޮތަށް

ޔުނިފޯމް ބަދަލުކުރީ ޝަކުވާތަކަށް ބަލައި ހަރަދު ކުޑަވާ ގޮތަށް: އައިޖީއެމްއެޗް

12 ޖުލައި 2020

އައިޖީއެމްއެޗްގައި ކުރިން ބޭނުންކުރަމުން އައި ޔުނިފޯމާ ބެހޭ ގޮތުން ޝަކުވާތައް ލިބެމުން އައި ކަމަށާއި މިއަދު އަލަށް ބޭނުންކުރަން ފެށި ޔުނިފޯމަކީ އެ ކަންކަމަށް ބަލައި މިހާރަށް ވުރެ ހަރަދު ވެސް މާބޮޑަށް ކުޑަވާނެ ގޮތަކަށް ހަދާ ޔުނިފޯމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައިޖީއެމްއެޗްގައި ކުރިން ބޭނުންކުރަމުން އައި ޔުނިފޯމާ ބެހޭ ގޮތުން ޝަކުވާތައް ލިބެމުން އައި ކަމަށާއި މިއަދު އަލަށް ބޭނުންކުރަން ފެށި ޔުނިފޯމަކީ އެ ކަންކަމަށް ބަލައި މިހާރަށް ވުރެ ހަރަދު ވެސް މާބޮޑަށް ކުޑަވާނެ ގޮތަކަށް ހަދާ ޔުނިފޯމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ފެށިގެން ބޭނުން ކުރަމުން އައި މާ ޖެހި ޔުނީފޯމްގެ ބަދަލުގައި އެއްވެސް ޑިޒައިނެއް ނެތް ނޫކުލައިގެ ޔުނީފޯމެއް މިއަދުން ފެށިގެން އައިޖީއެމްއެޗްގެ ނަރުހުން ވަނީ ލާން ފަށައިފަ އެވެ. އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެ ކަމަށް އެ އައިޖީއެމްއެޗުން ބުނެފައިވެ އެވެ. އެކަމަކު އަވަސް އަވަހަށް ޔުނިފޯމަށް ބަދަލު ގެންނަ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

IGMH ge Naruhunge uniform, 2 aharu fahun anekkaa ves badhalukoffi

IGMH ge Naruhunge uniform, 2 aharu fahun anekkaa ves badhalukoffi

The most trusted news source in the Maldives

Mihaaru

ނަރުހުން އާ ޔުނީފޯމްގައި ވަޒީފާއަށް ނުކުތުން

މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ މީގެ ކުރިން ނަރުހުންގެ ޔުނީފޯމް ފަހަނީ އައުޓްސޯސް ކޮށްގެން ކަމުގައިވާތީ އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. މިފަހަރުގެ ޔުނީފޯމަކީ ރާއްޖެއިން ބޭރުން ފޮތި ގެނެސްގެން އެ ހޮސްޕިޓަލްގެ މުވައްޒަފުން އަމިއްލަ އަށް ފަހާފައިވާ ޔުނީފޯމެއް ކަމަށް ވާތީ އެކަމުގެ ސަބަބުން ހަރަދު ކުޑަވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ހޮސްޕިޓަލުން ބުނީ އާ ޔުނީފޯމަކީ މިދިޔަ އަހަރު ހަވާލުކުރަން ނިންމާފައި އޮތް އެއްޗެއް ކަމަށެވެ.

"މީގެ ކުރިން ބޭނުން ކުރަމުންދިޔަ ޔުނީފޯމާ މެދު، އެ ޔުނީފޯމް ބޭނުން ކުރަން ފެށީއްސުރެ އެކި ބާވަތުގެ ޝަކުވާ އައިސްފައިވޭ. މިއަދު ބޭނުން ކުރަން ފެށި ނަރުހުންގެ އާ ޔުނީފޯމަކީ ނަރުހުންނާއި އަދި އެ ދާއިރާގެ އެކި ފަރާތްތަކުގެ މަޝްވަރާ އާއި އެކު ފަރުމާ ކުރެވިފައިވާ، ޔުނީފޯމާއި މެދު ހުށަހަޅާފައިވާ ގިނަ ޝަކުވާތަކަކަށް ހައްލު ލިބޭފަދަ ޔުނީފޯމެއް،" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗްގެ ނަރުހުން މިއަދާ ހަމައަށް ލަމުން އައި ޔުނީފޯމް: ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ނަރުހުން މިއަދާ ހަމައަށް ލަމުން އައި ޔުނީފޯމް: ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗުން ބުނީ ނަރުހުންނާއި ޔުނީފޯމް ލާންޖެހޭ އެހެން މުވައްޒަފުންނަށް ވެސް ހޮސްޕިޓަލުގެ ހަރަދުގައި އަހަރަކު އެއްފަހަރު އެ ތަކެތި ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން އެކި ސަބަބުތަކާ ހެދި ނަރުހުންނަށް ޔުނީފޯމް ފޯރުކޮށްދެވިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"ޔުނީފޯމާ މެދު ހުރި ޝަކުވާތަކަށް ހައްލު ލިބި ފެންވަރު ރަނގަޅު އުފެއްފުމެއް މި ވަނީ ލިބިފައި. އަދި ކުޑަ ހަރަދަކުން މިފަދަ ކަންކަން ކުރުމަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދޭ ކަމެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގެ ނަރުހުން އެންމެ ފަހުން ވެސް ލަމުން އައީ ވިލު ނޫކުލައިގެ ޔުނީފޯމެކެވެ. އެ ޔުނީފޯމުގައި ހުދު ކުލަ އާއި ވިލު ނޫކުލައިގެ މާތަކެއް ޖަހާފައިވެ އެވެ. އޭގެ ކުރިން ބޭނުންކުރީ ހުދު ޔުނިފޯމެކެވެ.