Roadha Mihaaru
ޒުވާނުންގެ ގައުމީ އިނާމަށް މުއްދަތު އިތުރުކޮށްފި

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

23 އޮކްޓޯބަރ 2016

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން އިތުރުކޮށް ދީފި އެވެ. އެ މިނިސްޓްރީން ބުނީ އިނާމަށް ކުރިމަތިލުމގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން އިތުރުކޮށް ދީފި އެވެ. އެ މިނިސްޓްރީން ބުނީ އިނާމަށް ކުރިމަތިލުމގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ކުރިން ދިން މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިދިޔަ އަހަރު ހަ ދާއިރާއަކުން އިނާމު ދިން ނަމަވެސް މި އަހަރު 10 ދާއިރާއަކުން ޒުވާނުންގެ ގައުމީ އިިނާމު ދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މި އަހަރު ވެސް "ޝަހީދު ޖަވާދު އުމަރު" ގެ ހަނދާނީ ފިލާ ދޭނެ އެވެ. ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ.

ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އެޅުމަކީ ވެސް އިނާމު ދިނުމުގެ މުހިންމު މަގުސަދުތަކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި 25,000ރ. ގެ ފައިސާގެ އިނާމެއް ދެ އެވެ. ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ހަފުލާ އޮންނާނީ ނޮވެމްބަރު 17 ގަ އެެވެ.